Advertisement

އޮލިމްޕިކްސް މެޑަލް ތާވަލުގެ އެއް ވަނަ އެމެރިކާ އަށް، ޖެހިޖެހިގެން ހަތަރެއް!

14 އޮގަސްޓު 2024 - 12:06 0

ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް އޮލިމްޕިކްސް އިން ރަން މެޑަލް ހޯދި އެމެރިކާގެ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ، ޑުރާންޓް، ޖޭމްސް އަދި ކަރީ.-- ފޮޓޯ: ގެޓީއިމޭޖަސް.


އޮލިމްޕިކްސް މެޑަލް ތާވަލުގެ އެއް ވަނަ އެމެރިކާ އަށް، ޖެހިޖެހިގެން ހަތަރެއް!

14 އޮގަސްޓު 2024 - 12:06 0

ޕެރިސް (އޮގަސްޓް 14) - ފްރާންސްގެ ޕެރިހުގައި ކުރިއަށްދިޔަ މި ފަހަރުގެ އޮލިމްޕިކްސްގެ މެޑަލް ތާވަލުގެ އެއް ވަނަ އެމެރިކާ އިން ހޯދައިފި އެވެ.

މިއީ، އެމެރިކާ އިން އޮލިމްޕިކްސްގެ މެޑަލް ތާވަލުގެ އެއް ވަނައިގައި ޖެހިޖެހިގެން ނިންމާލި ހަތަރު ވަނަ ފަހަރެެވެ.

މެޑަލް ތާވަލުގެ އެއް ވަނައިގައި އޮތް، އެމެރިކާ އާއި ދެ ވަނައިގައި އޮތް ޗައިނާ އަށް އެއްވަރަށް ރަން މެޑަލް ލިބުނު ކަމުގައި ވިޔަސް، ޖުމްލަ މެޑަލްގެ އަދަދަށް ބަލާއިރު ކުރީގައި އޮތީ އެމެރިކާ އެވެ. އެމެރިކާ އާއި ޗައިނާ އަށް ބަލާއިރު، ކޮންމެ ގައުމަކުން 40 ރަން މެޑަލް ހޯދި އެވެ.

ޖުމްލަ މެޑަލަށް ބަލާއިރު އެމެރިކާ އިން 126 މެޑަލް ހޯދި އެވެ. އެއީ، 40 ރަން މެޑަލްގެ އިތުރުން، 44 ރިހި މެޑަލް އަދި 42 ލޯ މެޑަލް އެވެ. ދެ ވަނައިގައި އޮތް ޗައިނާ އިން 40 ރަން މެޑަލްގެ އިތުރުން ދެން ހޯދީ، 27 ރިހި މެޑަލް އަދި 24 ލޯ މެޑަލް އެވެ. ޗައިނާގެ ޖުމްލަ މެޑަލް އަދަދަކީ، 91 މެޑަލް އެވެ. ތިން ވަނަ އަށް ދިޔަ ޖަޕާނުން، 45 މެޑަލް ހޯދިއިރު، އޭގެ ތެރޭގައި ހިމެނެނީ، 20 ރަން މެޑަލާއި 12 ރިހި މެޑަލް އަދި 13 ލޯ މެޑަލް އެވެ.

ހަތަރެއްގައި އޮތް އޮސްޓްރޭލިއާ އާއި ފަސް ވަނައިގައި އޮތް ފްރާންސް އަށް، ޖަޕާނަށް ވުރެ ޖުމްލަ މެޑަލަށް ބަލާއިރު، ގިނަ މެޑަލް ލިބުނެވެ. އެކަމަކު، ޖަޕާނަށް އަށް މެޑަލް ތާވަލުން އޮސްޓްރޭލިއާ އާއި ފްރާންސް އަށް ވުރެ ކުރި ލިބުނީ، ރަން މެޑަލް ގިނަވުމުންނެވެ. ޖަޕާނަށް 45 މެޑަލް ލިބުނުއިރު، އޮސްޓްރޭލިއާ އަށް 53 މެޑަލް އަދި ފްރާންސަށް 64 މެޑަލް ލިބުނެވެ.

އޮސްޓްރޭލިއާ އަށް 18 ރަން މެޑަލް ލިބުނުއިރު، 19 ރިހި މެޑަލް އަދި 16 ލޯ މެޑަލް ލިބިފައިވެ އެވެ. ފްރާންސުން 16 ރަން މެޑަލް 26 ރިހި މެޑަލް އަދި 22 ލޯ މެޑަލް ހޯދި އެވެ.