Advertisement

ރަޝިޔާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

14 އޮގަސްޓު 2024 - 20:03 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ފޮރިން މިނިސްޓަރީ -- ފޮޓޯ: އަދަދު


ރަޝިޔާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

14 އޮގަސްޓު 2024 - 20:03 0

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިޔާގެ ކާސްކް ސަރަހައްދުގައި ދިރިއުޅޭ އަދި އެ ސަރަހައްދަށް ދަތުރު ކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓަރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓަރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކާސްކްގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ.

"މި ދަނޑިވަޅުގައި، އެ ސަރަހައްދުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުން އަމިއްލަ ރައްކާތެރިކަމާއި ސަލާމްތަތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވުމަށް އިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރަޝިޔާއަކީ މެޑިސިން ދާއިރާއިން ކިޔަވާ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދާ ގައުމެކެވެ.

ޔޫކްރެއިނާއި ރަޝިޔާ އާ ދެމެދު ހިނގާ ހަނގުރާމައާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހި ސަމާލުވުމަށް މީގެ ކުރިން ވެސް ފޮރިން މިނިސްޓަރީން އެދިފައިވެ އެވެ. އެ ގައުމުގައި ހިނގަމުންދާ ހަނގުރާމައިގައި އެއްވެސް ދިވެއްސަކަށް މިހައިތަނަށް އަނިޔާއެއް ލިބިފައެއް ނުވެ އެެވެ.

ފޮރިން މިނިސްޓަރީން ނެރުނު ބަޔާނުގައި ބުނީ ކާސްކްގައި އޮތް ނުރައްކާތެރި ހާލަތާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ ނަންބަރު، +491712916461 އަށް ގުޅައި ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.