Advertisement

ހައްޖު ކޯޕަރޭޝަންގެ އޮފީސް ބިލްޑިން އިމާރާތް ކުރަން 79 މިލިއަން ރުފިޔާ އަށް މެޑްޓެކްއަށް

15 އޮގަސްޓު 2024 - 08:27 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ކުރެހުމެއް


ހައްޖު ކޯޕަރޭޝަންގެ އޮފީސް ބިލްޑިން އިމާރާތް ކުރަން 79 މިލިއަން ރުފިޔާ އަށް މެޑްޓެކްއަށް

15 އޮގަސްޓު 2024 - 08:27 0

ހައްޖު ކޯޕަރޭޝަންގެ އޮފީސް ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން 79 މިލިއަން ރުފިޔާ އަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް "އަދަދު" ނޫހަށް ވިދާޅުވީ އެ ކުންފުނީގެ އޮފީސް ހެދުމަށް ހުޅުމާލޭން ބިމެއް ގަނެ، އެ މަޝްރޫއުގެ މަސައްކަތް ފަށާފައި ވަނީ ކުރީގެ މެނޭޖުމެންޓުން ކަމަށާއި، އެ މަޝްރޫއު މެޑްޓެކްއާ ހަވާލުކޮށްފައި ވަނީ ވެސް ކުރީގެ މެނޭޖުމެންޓުން ކަމަށެވެ.

ނުވަ ބުރީގެ އޮފީސް އިމާރާތު އެޅުމަށް މެޑްޓެކްއިން ކުރިން ހުށަހަޅާފައި އޮތީ 86 މިލިއަން ރުފިޔާ ކަމަށާއި މަޝްވަރާ ކުރުމަށް ފަހު، އަގު މިހާރު 79.1 މިލިއަން ރުފިޔާ އަށް ކުޑަކޮށްފައިވާ ކަމަށް ޝަކީލް ވިދާޅުވި އެވެ.

"އަޅުގަނޑު ކުންފުންޏާ ހަވާލުވެފައި [މެޑްޓެކްގައި] ބުނީ އެ އަގު އަޅުގަނޑުމެންނަށް މާ ބޮޑޭ. ކުޑަކޮށްދޭށޭ. އެ މަޝްވަރާގައި އަގުން 6.9 މިލިއަން ރުފިޔާ ކަނޑާލީ. އަގު ކުޑަކޮށް ދިނީމަ، މަސައްކަތް ކުރިއަށް ގެންދާން އޯކޭ ދިނީ،" ޝަކީލް ވިދާޅުވި އެވެ.

އޮފީސް އިމާރާތް އެޅުމަށް ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭން ގަތީ 5000 އަކަފޫޓުގެ ބިމެކެވެ. އެ ބިމުގައި އޮފީސް އިމާރާތް އަޅަނީ 2700 އަކަފޫޓުގަ އެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފީސް މިހާރު ހިންގަމުން ދަނީ މާލެއިން ތަނެއް ކުއްޔަށް ހިފައިގެންނެވެ.