Advertisement

ހާޖީ މެޑިކަލްގެ ނަމުގައި ކުޅުދުއްފުށީގައި ކްލިނިކެއް ހުޅުވައިފި

10 އޮގަސްޓު 2024 - 12:25 0

ކުޅުދުއްފުށީ މޭޔަރު އާތިފް މިއަދު ހެނދުނު، ހާޖީ މެޑިކަލް ހުޅުވައި ދެއްވުމަށް ފަހު އެ ކްލިނިކް ބައްލަވާލައްވަނީ. -- ފޮޓޯ: ހާޖީ ކްލިނިކް


ހާޖީ މެޑިކަލްގެ ނަމުގައި ކުޅުދުއްފުށީގައި ކްލިނިކެއް ހުޅުވައިފި

10 އޮގަސްޓު 2024 - 12:25 0

ހާޖީ މެޑިކަލްގެ ނަމުގައި ކުޅުދުއްފުށީގައި މިއަދު ކްލިނިކެއް ހުޅުވައިފި އެވެ.

ކުޅުދުއްފުށީ ހިކިފިނިފެންމާގޭގައި ހަދާފައިވާ މި ކުލިނިކް ހުޅުވައިދެއްވީ ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ.

އާތިފު ވިދާޅުވީ ހާޖީ މެޑިކަލްގެ ސަބަބުން ކުޅުދުއްފުއްޓާއި އެ ސަރަހައްދުގެ ރައްޔިތުންނަށް، ސިއްހީ ފަރުވާ ހޯދަން އިތުރު ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށާއި ހޮސްޕިޓަލުން ނުލިބޭ ހިދުމަތްތައް ހޯދުމަށް މާލެ ސަރަހައްދަށް ގޮސްގެން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ.

"ބޮޑުތިލަދުންތީގެ ހަތްދިހަ ހާހުގެ ރައްޔިތުންގެ އެކި ހިދުމަތްތަކަށް ކަނެކްޓްވެފަ މިއޮންނަނީ ކުޅުދުއްފުއްޓާ، އެހެންވީމަ ކުޅުދުއްފުށީގައި އިތުރުވާ ކޮންމެ ހިދުމަތެއް ވެގެންދާނީ ކުޅުދުއްފުށީގެ ރައްޔިތުނަށް އެކަނި ހުޅުވިގެންދާ ހިދުމަތެއް ނޫން. މިއީ މުޅި ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ލިބިގެންދާ ހިދުމަތަކާއި ލުއި ފަސޭހަ ކަމެއް." މޭޔަރު އާތިފު ވިދާޅުވި އެވެ.

ހާޖީ މެޑިކަލް މި ފެށީ ދަތުގެ ފަރުވާއިންނެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ހިދުމަތް ލިބިގެންދާނެ އެވެ. ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި އެކި ބަލިތަކަށް ހާއްސަ، ދިވެހި، އަދި ބޭރުގެ ޑޮކްޓަރުން ހާޖީ މެޑިކަލް އަށް އަންނާނެ އެވެ.


ހާޖީ މެޑިކަލް ކުލިނިކުން ލިބޭ ހިދުމަތް

  • ރޫޓް ކެނަލް ހެދުން
  • ކުޑަކުދިންގެ ރޫޓް ކެނަލް ހެދުން
  • ފުޓުނި އެޅުން
  • ދަތް ނެގުން
  • ދަތް ސާފުކުރުން / ދަތް ހުދުކުރުން
  • ދަތްޕިލާ ހެދުން
  • ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތް

ހާޖީ މެޑިކަލްއިން ބުނީ އެ ކްލިނިކްގެ ހުރިހާ ހިދުމަތެއް ފޯރުކޮށް ދެނީ ޒަމާނީ ވަސީލަތްތަކާއި ތަޖުރިބާކާރު ޑޮކްޓަރުންނާއެކު ކަމަށެވެ.

ހާޖީ މެޑިކަލް ކްލިނިކްގެ ނަން ނިސްބަތްވަނީ ކުޅުދުއްފުށީގެ ވިޔަފާރިވެރިޔާ ހާޖީ ހަސަންފުޅުބެ އަށެވެ.

ކްލިނިލް ހުޅުވިފައި ހުންނާނެ ވަގުތު


ހެނދުނު 8:30 އިން 16:00 އަށް، އަދި 20:00 – 22:00 އަށް މި ކުލިނިކުގެ ހިދުމަތް ހޯދުމަށް 6528181 ނަމްބަރު ނުވަތަ 7328181 ގުޅައި ވައިބާ މެސެޖްކޮށްގެންވެސް އެޕޮއިންޓްމެންޓްގެ ހިދުމަތް ލިބޭނެ އެވެ.