Advertisement

"ސްކިން 1004" މިރޭ ފުވައްމުލަކަށް ތައާރަފުކޮށް ވިއްކަން ފަށަނީ

9 އޮގަސްޓު 2024 - 14:18 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ސްކިން 1004 ގެ އުފެއްދުން


"ސްކިން 1004" މިރޭ ފުވައްމުލަކަށް ތައާރަފުކޮށް ވިއްކަން ފަށަނީ

9 އޮގަސްޓު 2024 - 14:18 0

ގުދުރަތީ އަދި މޫނުގެ ހަމަށް ރައްކާތެރި މާއްދާތައް އެކުލެވޭ ފޯމިއުލާ ބޭނުންކޮށްގެން ކޮރެއާގައި އުފައްދައި، މުޅި ދުނިޔޭގައި ވެސް މަޝްހޫރު ކަމާއި މަގުބޫލްކަން ހޯދާފައިވާ، "ސްކިން 1004" ގެ އުފެއްދުންތައް މިރޭ ފުވައްމުލަކަށް ތައާރަފުކޮށް ވިއްކަން ފަށާނެ އެވެ.

ފުވައްމުލަކުގައި ސްކިން 1004 ގެ އުފެއްދުންތައް ވިއްކާނީ، އެ އުފެއްދުންތަކުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަ ވެސްޓްރޭޑު ކުންފުނިން އެ ރަށުގައި ހިންގާ "އައިޑިއާ" ފިހާރަގަ އެވެ. އެ ފިހާރަ ހުންނާނީ މާލެގަމު އަވަށުގަ އެވެ.

ސްކިން 1004، ރާއްޖެ އަށް ތައާރަފުކޮށް، މާލޭގައި ހުންނަ އައިޑީއާ ފިހާރައިގައި ވިއްކަން ފެށީ މި އޯގަސްޓު 5 ވަނަ ދުވަހު އެވެ.

"ދިވެހިން ވެސް އެންމެ ބޭނުންވަނީ ރައްކާތެރިކަމުގެ މާއްދާތައް އެކުލެވޭ މިފަދަ އުފެއްދުންތައް ހޯދަން. މިހާރު އެފަދަ ބްރޭންޑުތައް ވަރަށް މަދު ރާއްޖޭގެ މާކެޓުގައި. ފޭކް ބްރޭޑުތައް ވިއްކަމުން އެބަދޭ. އެހެންވެ، އަޅުގަނޑުމެން ބޭނުންވީ ދިވެހިންނަށް ރަނގަޅު ފެންވަރެއްގެ ސްކިންކެއާ ޕްރޮޑަކްޓެއް ގެނެސްދޭން،" ވެސްޓްރޭޑުގެ މެނޭޖިން ޑިރެކްޓަރު އަލީ މުހައްމަދު ވިދާޅުވި އެވެ.

ގިނަ ގައުމުތަކެއްގައި ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބުކަމާއި މަގުބޫލުކަން ހޯދި މި މަރުކާގެ ސިއްރަކީ ގުދުރަތީ މާއްދާތަކުގެ ތާސީރާއި ރައްކާތެރިކަމުގެ މާއްދާތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ އުފެއްދުންތަކުގެ އަޖުމަ، ދެ ޖިންސްގެ ކަސްޓަރަމުން ވެސް ތަޖުރިބާކޮށް، ނަތީޖާ މުޖައްރިބު ވުމެވެ.


އުފެއްދުންތަކާއި ބޭނުން

  • އާދައިގެ ހަން ހުންނަ މީހުންނަށް: ހަމުގެ ތާޒާކަން ދަމަހައްޓަން އެންމެ ރަނގަޅީ ސެންޓެލާ އުފެއްދުންތައް
  • ހަން ކުރަކި މީހުންނަށް: ހަޔަލޫ-ސިކާ އާއި ޕްރޯބަޔޯ-ސިކާ އުފެއްދުންތަކުން ހަމަށް ބޭނުންވާ ދުޅަހެޔޮކަމާއި ހައިޑްރޭޝަން ލިބޭ
  • ތެޔޮ ހަން ހުންނަ މީހުންނަށް: ޕޯމައިޒިން އުފެއްދުންތައް ބޭނުންކޮށްގެން ހަމުގައި އިތުރަށް ހުންނަ ސީބަމް އާއި ފޯޒްތައް މަދުކޮށްދޭ
  • ފަސޭހައިން ބިހި ނަގާ ހަން ހުންނަ މީހުންނަށް: ޓީ-ޓްރައިކާ އުފެއްދުންތަކުން ބިހި މަދުކޮށްދޭ
  • ކުރަަކި ހަމާއި ތެޔޮ ހަން ހުންނަ މީހުންނަށް: ކުރަކި ހަމަށް ސެންޓެލާ ލައިންގެ އުފެއްދުންތައް އަދި ތެޔޮ ހަމަށް ޓީ-ޓްރައިކާ އުފެއްދުންތައް