Advertisement

ޕާކިސްތާންގެ އަރުޝަދު ރަން މެޑަލް ހޯދީ އޮލިމްޕިކްސްގެ ރެކޯޑަކާ އެކު

9 އޮގަސްޓު 2024 - 10:36 0


ޕާކިސްތާންގެ އަރުޝަދު ރަން މެޑަލް ހޯދީ އޮލިމްޕިކްސްގެ ރެކޯޑަކާ އެކު

9 އޮގަސްޓު 2024 - 10:36 0

ޕެރިސް (އޮގަސްޓް 9) - ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ޖެވެލިން އުކުމުން ޕާކިސްތާންގެ އަރުޝަދު ނަދީމް ރަން މެޑަލް ހޯދައިފި އެވެ.

އެ ގޮތުން، އަރުޝަދު، ޖެވެލިން އުކުމުން ރަން މެޑަލް މި ހޯދީ 16 އަހަރުވެފައި އޮތް އޮލިމްޕިކްސްގެ ރެކޯޑެއް މުގުރާލުމަށް ފަހު އެވެ. އޮލިމްޕިކްސްގެ ޖެވެލިން އުކުމުގެ ރެކޯޑް އޮތީ، 2008 ވަނަ އަހަރު ބެއިޖިން އޮލިމްޕިކްސްގައި، 90.57 މީޓަރު ދުރަށް އުކައިގެން އަންޑްރެއަސް ތޯކިލްޑްސަން އަތުގަ އެެވެ. އަރުޝަދު އެ ރެކޯޑް މުގުރާލީ، 92.97 މީޓަރު ދުރަށް ޖެވެލިން އުކައިގެންނެވެ.

އަރުޝަދުގެ މި ރަން މެޑަލް މިއީ، 1992 ވަނަ އަހަރަށް ފަހު ޕާކިސްތާނަށް އޮލިމްޕިކްސްގައި ލިބުނު ފުރަތަމަ މެޑަލް އެވެ. އަދި އޮލިމްޕިކްސްގައި ޕާކިސްތާނުން އެތުލެޓިކްސްގައި ހޯދި ފުރަތަމަ ރަން މެޑަލް އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި އަރުޝަދުގެ ފަހަތުން ދެ ވަނަ ހޯދީ، އިންޑިއާގެ ނީރަޖު ޗޯޕްރާ އެވެ. އޭނާ ވަނީ 89.45 މީޓަރު ދުރަށް އުކައިފަ އެވެ. ގްރެނާޑާގެ އެޑަސަން ޕީޓާސް ވަނީ 88.54 މީޓަރު ދުރަށް އުކައިފަ އެވެ. އަރުޝަދު ވަނީ ފައިނަލް ތުރޯގައި ވެސް، 91.79 މީޓަރު ދުރަށް އުކައިފަ އެެވެ. އެއާ އެކު، އޭނާ ވެފައިވަނީ، އެއް އިވެންޓެއްގައި 90 މީޓަރަށް ވުރެ ދުރަށް ދެ ފަހަރު ޖެވެލިން އުކި ފުރަތަމަ އެތުލީޓަށެވެ.

އޮލިމްޕިކްސްގެ ފައިނަލް އިވެންޓްގައި އަރުޝަދު ޖެވެލިން އުކަނީ.


މި ރަން މެޑަލަކީ، ނީރަޖާ ދެކޮޅަށް އަރުޝަދު ޖެވެލިން އުކުމުން ނުކުތް ނުވަ ކުރިމަތިލުމުގެ ތެރެއިން ލިބުނު ފުރަތަމަ މޮޅެވެ.

އަރުޝަދު، 27، އެންމެ ފަހުން ބޭއްވި ޓޯކިޔޯ 2020 އޮލިމްޕިކްސްގައި ޖެވެލިން އުކުމުން ދިޔައީ ފަސް ވަނަ އެވެ. މި ފަހަރު އެއް ވަނަ އަށް ގޮސް ރަން މެޑަލް ލިބުމުން ދެން ވެސް އޭނާގެ ވިސްނުން ހުރީ ރެކޯޑް އިތުރަށް ރަނގަޅުކޮށް، 95 މީޓަރަށް އުކުމަށް ޓާގެޓް ކަނޑައަޅައިގެންނެވެ.

"އެތުލީޓެއް ވިއްޔާ އަބަދުވެސް ކުރިއަށް ވިސްނަންވާނެ،" އަރުޝަދު ބުންޏެވެ.

އަރުޝަދު އަށް ޖެވެލިން އުކުމުން އެކަށީގެންވާ ޓްރެއިނިން ވެސް ނުލިބި މިހާ ބޮޑު ކުރިއެރުންތައް ލިބުމުގެ އެންމެ ބޮޑު އަސްލަކީ އޭނާ އާއި އޭނާގެ ކޯޗު، ސަލްމާން ފައްޔާޒް އެވެ. ފައްޔާޒް އާއި އަރްޝަދު އެކުގައި، ޓްރެއިނިން ވަސީލަތްތައް ރަނގަޅުކުރެވޭތޯ އެކުގައި ގިނަ މަސައްކަތްތަކެއް ކުރިއިރު، ރަނގަޅު ޖެވެލިންތަކެއް ވެސް ޓްރެއިނިން އަށް ހަމަޖެހުނީ، ގިނަ ގޮންޖެހުންތަކަކަށް ފަހު އެވެ.

ކެރިއަރުގެ އެންމެ ފުރަތަމަ ދުވަސްތަކުގައި، އަރުޝަދަށް ޓްރެއިނިން ކަންކަން ފަހިކޮށްދޭން ފައިސާ ހަމަޖައްސައިދިނީ އޭނާ ދިރިއުޅޭ އަވަށު މީހުން ޗަންދާ އެއްކޮށްގެންނެވެ. އެންމެ ފުރަތަަމަ ޓްރެއިނިން ކުރިއަށްގެންދިޔައީ، ދިރިއުޅުނު އަވަށުގެ ހުސްބިމުގަ އެވެ. ޓޯކިޔޯ އޮލިމްޕިކްސް އަށް ދިޔައީ ޕާކިސްތާން ސަރުކާރުގެ މާ ބޮޑު އެހީއެއް ނެތި އެވެ. އަދި އަރުޝަދު ޓްރެއިނިން ކުރިއަށްގެންދަން ބޭނުންކުރި ކުރީގެ ޖެވެލިން ހަލާކުވުމުން، އާ ޖެވެލިން އެއް ހޯދުމަށް ޖެހުނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖަހައިގެން އެހީ ހޯދުމަށެވެ،