Advertisement

އިންޑަސްޓްރިއަލް ޒޯނުން ވެސް ޕާކިން ސްލޮޓު ކުއްޔަށް ދެނީ

7 އޮގަސްޓު 2024 - 16:42 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލެ އިންޑަސްޓްރިއަލް ޒޯނު: އެތަން މިހާރު ސާފުކޮށްފައިވާއިރު އެމްޕީއެލް އިން ވަނީ އެ ސަރަަހައްދުން ޕާކިން ޖާގަ ދޫކުރަން ނިންމާފަ --- ފޮޓޯ: މިރާން ނާޝިމް / އަދަދު


އިންޑަސްޓްރިއަލް ޒޯނުން ވެސް ޕާކިން ސްލޮޓު ކުއްޔަށް ދެނީ

7 އޮގަސްޓު 2024 - 16:42 0

މާލޭ ހުޅަނގު ދެކުނުގައި އޮންނަ އިންޑަސްޓްރިއަލް ޒޯނުން ޕާކިން ސްލޮޓުތައް ކުއްޔަށް ދޭން ނިންމާ އެ ސްލޮޓުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިންޑަސްޓްރިއަލް ޒޯނުން ޕާކިން ސްލޮޓުތައް ދޫކުރަން އިއުލާނުކުރީ އެ ސަރަހައްދު މިހާރު ބަލަަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޑެޓު (އެމްޕީއެލް) އިންނެވެ. އެ ކުންފުނިން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނީ އެ ސަރަހައްދުން ޕާކިން ސްލޮޓުތައް ކުއްޔަށް ދޭން ނިންމީ ގިނަ ބަޔަކު އެ ސަރަހައްދުގައި ޕާކް ކުރުމަށް އެދެމުންދާތީ އެވެ.

ޕާކިން ޖާގަތައް ކުއްޔަށް ދޭނީ ސްލޮޓްތަކުގެ އަދަދަށް ބަލާ ފުރަތަމަ އެދޭ ފަރާތަށް ފުރަތަމަ ދިނުމުގެ އުސޫލުން ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

ޕާކިން ސްލޮޓުތަކަށް ކުލީގެ ގޮތުގައި ނަގާ އަދަދު

  • - ކޮމާޝަލް ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ ޕިކަޕު/ ލޮރީ - 2000ރ.
  • - ބައުޒަރު - 4000ރ.
  • - ކްރޭން - 6000ރ.
  • - އެހެނިހެން އުޅަނދުތައް - 4000ރ.

މީގެ ކުރިން އިންޑަސްޓްރިއަލް ޒޯނު ބަލަހައްޓަމުން ގެންދިޔައީ މާލެ ސިޓީ ކައުންސިލުންނެވެ.

ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތަކަށް ހާއްސަކޮށް މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުން 6.9 ހެކްޓަރުގެ ބޮޑު ބިމެއް ހިއްކައިގެން "އިންޑަސްޓްރިއަލް ޒޯނު" ގާއިމުކުރީ 2016 ވަނަ އަހަރެވެ. ހިއްކި ބޭނުން ނުފުދި, އިންޑަސްޓްރިއަލް ވިލެޖު ގޮނޑުވަމުންދާތާ ގިނަ އަހަރުތަކެއް ވެެއްޖެ އެވެ.

އެ ސަރަަހައްދު މި ވެރިކަމުގައި ސިޓީ ކައުންސިލާއި ސަރުކާރުގެ އެކި ކުންފުނިތައް ގުޅިގެން ސާފުކުރީ މެއި 6، 2024 ގަ އެވެ.

މާލެ-ތިލަފުށި ބްރިޖުގެ އަމަލީ މަސައްކަތް ފެށިފަހުން އިންޑަސްޓްރިއަލް ޒޯނުގެ ބޮޑުބައެއް ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. ތިލަމާލެ ބްރިޖު މާލެ އާއި ވިލިމާލެއާ ގުޅުވާލަނީ އެ ސަރަހައްދުން ކަމަށްވާތީ, މިހާރު ވެސް އެތަނުގައި ގެންދަނީ މަސައްކަތް ކުރަމުންނެވެ.