Advertisement

އިޔަންގެ ހިތްވަރު ފާހަގަކުރަން ޖެހޭ ސަބަބުތައް ގިނަ

6 އޮގަސްޓު 2024 - 12:38 0

އަތޫފް އާތިފް

އަތޫފް އާތިފް

އިޔަން ހީޓެއް ނިންމާލުމަށް ފަހު، ރާއްޖޭގެ ދިދަ ހިފައިގެން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު


އިޔަންގެ ހިތްވަރު ފާހަގަކުރަން ޖެހޭ ސަބަބުތައް ގިނަ

6 އޮގަސްޓު 2024 - 12:38 0

ރާއްޖޭގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޖޫނިއާ ކެޓަގަރީގެ ހަތަރު ވަނަ ބުރުގައި ވާދަކޮށް ހުނަރުވެރި ބޮޑީބޮޑަރު އިޔަން އަހުމަދު ބަލިވެ، އިތުރަށް ކުރިއަށް ނުދެވުނު ނަމަވެސް އެ ހިތްވަރު ފާހަގަކުރަން ޖެހޭ ސަަބަބުތައް ގިނަ އެވެ.

އިޔަންއާ އެކު, ހަތަރު ވަނަ ބުރުގެ ތިންވަނަ ހީޓުގައި ވާދަކުރީ ސްޕެއިންގެ ޖޯޖް ހެނާންޑޭޒް, ފްރާންސްގެ މިލޯ ލައުތާ އަދި ޗިލީގެ މިކޭލް އަރިގާޒާ އެވެ.

މި ހީޓުން އިޔަން އަށް ލިބުނީ ތިން ވަނަ އެވެ. އޭނާ އަށް ސްކޯކުރެވުނީ 8.35 ގެ ސްކޯ އެކެވެ. ހީޓުގެ އެއް ވަނަ އަށް ދިޔަ, ސްޕެއިންގެ ޖޯޖް އަށް 13.09 ގެ ސްކޯއެއް ލިބުނުއިރު, ދެ ވަނަ އަށް ދިޔަ ފްރާންގެ މިލޯ އަށް ލިބުނީ 12.04 ގެ ސްކޯ އެކެވެ.

އިޔަން ހީޓެއް ނިންމާލުމަށް ފަހު.--- ފޮޓޯ: އަތޫފް އާތިފް / އަދަދު


މިއާއެކު, ރާއްޖޭގެ އެތުލީޓުންނަށް މުބާރާތް ވަނީ ނިމިފަ އެވެ. މި ފަހަރުގެ މުބާރާތުގެ މެންސް އޯޕަން ކެޓަގަރީގައި ވާދަކޮށް ރާއްޖޭގެ, އާމިން އުމަރު މޫސާ ވެސް ބަލިވީ, ހަތަރު ވަނަ ބުރުންނެވެ.

އިއްޔެ ކުރިއަށްދިޔަ ހަތަރު ވަނަ ބުރުގެ ހީޓު ހަތަރެއްގައި އާމިން ވާދަކުރީ ބްރެޒިލްގެ ގެބްރިއަލް ބްރާގާ އާއި, ބްރެޒިލްގެ އެޑާ ލޫސިއާނޯ މި ހީޓުގެ އެއް ވަނަ އަށްދިޔަ, ބްރެޒިލްގެ ބްރާގާ އަދި ލޫސިއާނޯ ވަނީ 11.35 ސްކޯކޮށްފަ އެވެ. އާމިން އަށް ސްކޯކުރެވުނީ, 07.07 އެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާއިރު, ކުރީގެ ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަހުމަދު އާއި ކުރީގެ ރައީސް, އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހީޓްތައް ބައްލަވާލެއްވުމަށް ރާޅުގަނޑު ސަރަހައްދަށް ގޮސްފަ އެވެ.