Advertisement

ސިޔާމް ނަގާ 165 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ގެރެންޓީ ނުދޭން ނިންމައިފި

6 އޮގަސްޓު 2024 - 09:47 5

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ސިޔާމް ނަގާ 165 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ގެރެންޓީ ނުދޭން ނިންމައިފި

6 އޮގަސްޓު 2024 - 09:47 5

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ބޮޑު ރިސޯޓެއް ތަރައްގީ ކުރަން ޗައިނާގެ ބޭންކަކުން ނަގަން މަސައްކަތްކުރާ 165 މިލިއަން ޑޮލަރުގެ ލޯނަށް ދިވެހި ސަރުކާރުން ގެރެންޓީ ނުދޭން ނިންމައިފި އެވެ.

މިކަން ފިނޭންސް މިނިސްޓްރީން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ނަމަވެސް އިތުބާރު ކުރެވޭ މަސްދަރުތަކުން "އަދަދު" ނޫހަށް މިއަދު ވިދާޅުވީ ސިޔާމު ހޯދަން އެދިވަޑައިގެންނެވި ސަރުކާރުގެ ގެރެންޓީ ދެވެން ނެތްކަން ނިމިގެން ދިޔަ ހަފުތާގައި އޭނާ އަށް އަންގާފައިވާ ކަމަށެވެ.

"އެކަން ނިންމީ ރައީސް މުއިއްޒުގެ މަޝްވަރާއާއެކު،" މައުލޫމާތު ދިން މީހާ ވިދާޅުވި އެވެ.

އެގޮތަށް ނިންމީ ދައުލަތު މާލީ ހާލަތު ދަށްވެފައި އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސޮވެރިން ގެރެންޓީ ހޯދުމަށް އެދި އެމެރަލްޑު ރިސޯޓް ކުންފުނީގެ ވެރިޔާގެ ހައިސިއްޔަތުން ސިޔާމް، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިޓީއެއް ފޮނުއްވީ އޭޕްރީލް 7، 2024 ގަ އެވެ.

އެ ސިޓީގައިވާ ގޮތުން މާލެ އަތޮޅު ދެކުނު ބިތުގައި އޮތް ފަޅެއްގައި، "އެމެރަލްޑް ލެގޫން" ނަމުގައި 1،500 އަށް ވުރެ ގިނަ ކޮޓަރީގެ ރިސޯޓެއް ތަރައްގީ ކުރަން މަޝްވަރާ ކޮށްފައިވަނީ ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕާއެކު އެވެ. އެ މަޝްރޫއަށް ޗައިނާގެ ބޭންކަކުން ނަގާ ލޯނު ލިބެން އޮތީ ދިވެހި ސަރުކާރުގެ ގެރެންޓީއާއެކު ކަމަށް ސިޔާމުގެ ސިޓީގައިވެ އެވެ.

އެ ލޯނު ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން، ޖެނުއަރީ 2018 ގައި ސިޔާމުގެ ކުންފުންޏަށް ގެރެންޓީ ދީފައިވެ އެވެ. ނަމަވެސް އަލުން ގެރެންޓީއެއް ބޭނުންވަނީ މި ސަރުކާރުން ވެސް އެކަމަށް އުޒުރެއް ނެތްކަން ކަށަވަރު ކުރުމަށް ކަމަށްވެ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ސިޔާމް މަސައްކަތް ކުރެއްވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށެވެ. ނަމަވެސް އިންތިހާބުގެ ދެ ވަނަ ބުރުގައި ކޮޅު ބަދަލުކޮށް، ސިޔާމް ތާއިދު ކުރެއްވީ ރައީސް މުއިއްޒަށެވެ.