Advertisement

މިރިއަންދޫގައި އެކްސިޑެންޓުވީ ޓީއެމްއޭގެ ސީޕްލޭންގައި ހުރީ ދަބަރު ޖަހާފައި

5 އޮގަސްޓު 2024 - 07:47 4

އަމަން ހަލީމް

އ

Advertisement


މިރިއަންދޫގައި އެކްސިޑެންޓުވީ ޓީއެމްއޭގެ ސީޕްލޭންގައި ހުރީ ދަބަރު ޖަހާފައި

5 އޮގަސްޓު 2024 - 07:47 4

Advertisement

Advertisement

ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ (ބ. މިރިއަންދޫ) އަށް ޖެއްސި ފަހުން މައްސަލަތަކެއް ދިމާވީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނުގައި ދަބަރު ޖަހާފައި ހުރި ކަން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަހުގީގުން ދައްކައިފި އެވެ.

ޓޫރިސްޓުންނާ އެކީ ދަތުރުކުރަމުން ދިޔަ ޓީއެމްއޭގެ އެ ބޯޓަށް މައްސަލަ ދިމާވީ، މިރިއަންދޫއަށް ޖެއްސުމަށް ފަހު ފަހަތަށް ޖަހަން އުޅުމުގެ ތެރޭގަ އެވެ.

Advertisement

ސިވިލް އޭވިއޭޝަނުން ތައްޔާރުކޮށްފައިވާ މި ހާދިސާގެ ޕްރިލިމިނަރީ ރިޕޯޓުގައިވާ ގޮތުގައި ސީޕްލޭންގެ ފްލޯޓަށް ގިނަ ގެއްލުންތަކެއް ލިބިފައިވާ ކަން ފާހަގަކުރެވުނެވެ. އެ ރިޕޯޓުގެ ހޯދުންތަކުގައި މިގޮތުން ލިބުނު ގެއްލުންތަކުގެ ތެރޭގައި ފާހަގަކޮށްފައި ކަންކަމަކީ:

  • ފްލޯޓު އެސެމްބްލީއަށް ލޮލަށް ފެންނަން ހުރި ގެއްލުންތައް ވެފައިވުން
  • ރިއާ ސްޕްރޭޑާ ބާ އެޓޭޗުކުރާ ބޯލްޓު ނެތުން
  • ރިއާ ފްލޯޓުގެ އެފްޓް ސްޕްރެޑާ ބާ އާއި ފްލޯޓު އެޓޭޗުމަންޓުގެ ފިޓިންއަށް ގެއްލުން ލިބިފައި
  • ކަނާތު ބުރަފަތިން ޖެހި ކަނާތު ކަނދު ހަލާކުވުން
  • ވާތް ފަޅީގައި ފްލައިވަޔާ ލެނބިފައި އަދި ކަނާތް ފަޅީގެ ފްލައިވަޔާ ކަނޑައިގެން ގޮސްފައި

ސިވިލް އޭވިއޭޝަނަށް މިކަންކަން ފާހަގަކުރެވުނީ، އެކްސިޑެންޓަށް ފަހު އެޅި ފިޔަވަޅުތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގަ އެވެ. މި އިންސްޕެކްޝަނުގައި އެ އިދާރާއިން އެންމެ ބޮޑަށް ބެލީ މަތިންދާބޯޓުގައި ދަބަރު ޖެހުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ އެވެ.

Advertisement

ރިޕޯޓާއެކީ އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަތިންދާބޯޓުގައި ކަނދު ހަރުކުރަން ބޯލްޓު ޖަހަން ހުންނަ ތަންތަނުގައި ގަދަޔަށް ދަބަރު ޖަހާފައި ހުއްޓެވެ.

މި ހާދިސާ ހިނގިިއިރު، ބޯޓުގައި ތިބި އެއްވެސް ޓޫރިސްޓަކަށް ނޫނީ ފަޅުވެރިންނަށް ހާނިއްކައެއް ނުލިބެ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ފައުޒީ

7 months ago

ދޮން ކަލޯ ތީ ދަބަރެއް ނޫން ގިރިސް ތީ

ކެޕްޓަން ހަސަން ހަބީބް

7 months ago

ރަސްޓު ވުމަކީ އާންމު ކަމެއް އެކަމަކު ދަބަރު ޖަހައިގެން ފީވެފައޭ ބުނެވޭކަށް ނެތް

ތުއްތު

7 months ago

މަތިންދާ ބޯޓު ހަދާފަ ހުންނަނީ ދަގަނޑުންތަ؟

އަލްފާކިއު

7 months ago

މެޓަލް ފެޓިގްއާ ދަބަރާ އެއީ ވަރަށް ތަފާތު ދޭއްޗެއް އިނގޭތޯ. ފޮޓޯއިން ފެންނަނީ ގިރިސް، ދަބަރެއްނޫން. އަދި އެއްފަހަރު ލިޔުންތެރިޔާ ރިޕޯޓް ކިޔާލަން ފެނޭ