Advertisement

ކޮރެއާގެ މަޝްހޫރު ސްކިންކެއާ ބްރޭންޑު "ސްކިން 1004" ރާއްޖޭގެ ބާޒާރަށް، 10 ޕަސެންޓު ޑިސްކައުންޓު ލިބޭނެ!

5 އޮގަސްޓު 2024 - 14:41 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ކޮރެއާގެ މަޝްހޫރު ސްކިންކެއާ ބްރޭންޑު "ސްކިން 1004" ރާއްޖޭގެ ބާޒާރަށް، 10 ޕަސެންޓު ޑިސްކައުންޓު ލިބޭނެ!

5 އޮގަސްޓު 2024 - 14:41 0

ގުދުރަތީ އަދި ހަމަށް ރައްކާތެރި މާއްދާތައް އެކުލެވޭ ފޯމިއުލާ ބޭނުންކޮށްގެން އުފައްދާ ސްކިންކެއާ ޕްރޮޑަކްޓުތައް ހޯދާ މީހުންނަށް މިއީ އުފާވެރި ހަބަރެކެވެ. ހާއްސަ ރެއެކެވެ.

ކޮރެއާގެ މަޝްހޫރު ސްކިންކެއާ ބްރޭންޑް "ސްކިން 1004" އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް މިރޭ ތައާރަފު ކުރާނެ އެވެ. މި ޕްރޮޑަކްޓުގެ އޮތޮރައިޒްޑު ޑިސްޓްރިބިއުޓަރަކީ ވެސްޓްރޭޑެވެ.

ގިނަ ގައުމުތަކެއްގައި، ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބުކަމާއި މަގުބޫލުކަން ހޯދި މި މަރުކާގެ ސިއްރަކީ ގުދުރަތީ މާއްދާތަކުގެ ތާސީރާއި ރައްކާތެރިކަމުގެ މާއްދާތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ އުފެއްދުންތަކުގެ އަޖުމަ، ދެ ޖިންސްގެ ކަސްޓަރަމުން ވެސް ތަޖުރިބާކޮށް، ނަތީޖާ މުޖައްރިބު ވުމެވެ.

"ދިވެހިން ވެސް އެންމެ ބޭނުންވަނީ ރައްކާތެރިކަމުގެ މާއްދާތައް އެކުލެވޭ މިފަދަ އުފެއްދުންތައް ހޯދަން. މިހާރު އެފަދަ ބްރޭންޑުތައް ވަރަށް މަދު ރާއްޖޭގެ މާކެޓުގައި. ފޭކް ބްރޭޑުތައް ވިއްކަމުން އެބަދޭ. އެހެންވެ، އަޅުގަނޑުމެން ބޭނުންވީ ދިވެހިންނަށް ރަނގަޅު ފެންވަރެއްގެ ސްކިންކެއާ ޕްރޮޑަކްޓެއް ގެނެސްދޭން،" ވެސްޓްރޭޑުގެ މެނޭޖިން ޑިރެކްޓަރު އަލީ މުހައްމަދު ވިދާޅުވި އެވެ.


މި އުފެއްދުންތައް ލިބެން ހުންނާނީ ވެސްޓްރޭޑުގެ ފިހާރަ، އައިޑިއާއިންނެވެ. އެތަން ހުންނާނީ އަމީރުއަހުމަދު މަގު، ނަސަންދުރާ ކައިރީގަ އެވެ.

ސްކިން 1004 ގެ އުފެއްދުންތަކުގައި މައިގަނޑު ގޮތެއްގައި ހިމަނާފައި ވަނީ، ފަތްޕިލާވެލީގެ ބާވަތެއް ކަމުގައިވާ ސެންޓެލާ އެވެ. އެއީ އޭގެ އެންމެ މަތީ ފެންވަރުގެ ފަތެވެ.

މި އުފެއްދުމުގެ ފެންވަރާއި، އުފެއްދުމުގައި ގެންގުޅޭ ހަމަތަކުގެ ސަބަބުން ކަސްޓަމަރުންގެ ދީފައިވާ ރަނގަޅު ރިވިއުތަކާއި ޑޮކްޓަރުންގެ ރިވިއުތައް ޔޫޓިއުބުންނާއި ޓިކްޓޮކުން ފެންނަން އެހުރީ އެވެ.

މި ބްރޭންޑުގެ އުފެއްދުންތަކަށް އޯގަސްޓު 10 ގެ ނިޔަލަށް 10 ޕަސެންޓުގެ ޑިސްކައުންޓު ވެސް ލިބޭނެ އެވެ. އަދި 200ރ. އިން މަތީގެ ވިޔަފާރިކޮށްގެން 2،000ރ. ލިބުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.