10 އޮގަސްޓު 2024 - 02:32 7
އަޒްލިފާ އަބްދުﷲ
މޭޔަރަކަށް މުއިއްޒު ހުންނެވިއިރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ސިޓީ ކައުންސިލް
10 އޮގަސްޓު 2024 - 02:32 7
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު މާލެ އާއި ވިލިމާލޭގެ ގިނަ ބިންތަކެއް އެކި ފަރާތްތަކަށް ދިގު މުއްދަތަށް ދޫކޮށްލާފައިވާކަން އެނގިއްޖެ އެވެ.
މިހާތަނަށް "އަދަދު" ނޫހަށް ކަށަވަރުވެފައިވާ ގޮތުން، ގާތްގަނޑަކަށް 8،000 އަކަފޫޓުގެ ހީނާމާގޭ ދޫކޮށްފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު ނާޒިމުގެ އާއިލީ ކުންފުނި، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އަށެވެ.
ބޮނޑިބަތް ޕާކުގެ ނަމުން މަޝްހޫރުވެފައިވާ ބިމާއި، ސިޓީ ޕާކް ބިން ވެސް ވަނީ ދޫކޮށްލައިފަ އެވެ. ތައިސޭ ކޮށިން ބައެއް ބިންތަކާއި، ސޯސަން މަގުގައި ވެހިކަލް ޕާކިން އަށް ބޭނުންކުރާ ބިމާއި، ހޮޓެލް ޖެންގެ ކުރިމަތީ ޕާކިން ޒޯން ވެސް ބަޔަކަށް ދޫކޮށްލުމަށް މުއިއްޒުގެ މޭޔަރު ކަމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެ ބިންތައް ދޫކުރި ކަމެއް ކަށަވަރެއް ނުވެ އެވެ.
ބައެއް ޕާކްތައް ނުއަގުގައި ދޫކޮށްލީ އެތަންތަން މަރާމާތުކޮށް ބަލަހައްޓާނެ ފައިސާ ސިޓީ ކައުންސިލްގައި ނެތް ކަމަށް ބުނެފަ އެވެ.
ހީނާމާގެ ދިގު މުއްދަތަކަށް އާރުސީސީއަށް ދީފައި ވަނީ ޕާކިން ބިލްޑިންއެއް ހެދުމަށާއި، ވިޔަފާރީގެ އެހެން ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށެވެ.
"އެ ބިން ލިބުނީ އަޅުގަނޑުމެން ހުށަހަޅައިގެން. މިހާރު މި ދަނީ އެތަން ކުރެހުމުގެ މަސައްކަތް ކުރަމުން،" ނާޒިމް ވިދާޅުވި އެވެ.
ތައިސޭ ކޮށިން އަމިއްލަ ބަޔަކަށް 4000 އަކަފޫޓުގެ ބިމެއް ދީފި
"ވަން އޯން ވަން މޯލްޑިވްސް" އަށް ތައިސޭ ކޮށިން ދިން 4000 އަކަފޫޓުގެ ބިމުގައި އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ އިންޓަގްރޭޓެޑް މެޑިކަލް ފެސިލިޓީއެއް. އަދި ކާރު ޕާކު ކުރާނެ ޒޯނެއް ވެސް އިމާރާތާއެކު ހަދާނެ. ނަމަވެސް އެ އެގްރިމެންޓުގެ ތަފްސީލެއް ކައުންސިލުން ނުދޭ.
ތައިސޭ ކޮށިން އަމިއްލަ ބަޔަކަށް 4000 އަކަފޫޓުގެ ބިމެއް ދީފި
"ވަން އޯން ވަން މޯލްޑިވްސް" އަށް ތައިސޭ ކޮށިން ދިން 4000 އަކަފޫޓުގެ ބިމުގައި އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ އިންޓަގްރޭޓެޑް މެޑިކަލް ފެސިލިޓީއެއް. އަދި ކާރު ޕާކު ކުރާނެ ޒޯނެއް ވެސް އިމާރާތާއެކު ހަދާނެ. ނަމަވެސް އެ އެގްރިމެންޓުގެ ތަފްސީލެއް ކައުންސިލުން ނުދޭ.
މާލެ އާއި ވިލިމާލޭން ދިގު މުއްދަތަށް ދޫކޮށްފައިވާ ބިންތަކުގެ ފުރިހަމަ ލިސްޓެއް ސިޓީ ކައުންސިލުން އަދި ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މިހާތަނަށް ލިބިފައިވާ މައުލޫމާތުން މުއިއްޒުގެ މޭޔަރުކަމުގައި ވިލިމާލެއިން ބޮޑު ތިން ބިމެއް ދޫކޮށްފައިވެ އެވެ. އޭގެ ތެރެއިން ދެ ބިމެއް ނަގާފައި ވަނީ އެޗްޑީސީގެ ބޯޑު މެންބަރު މުހައްމަދު ވިސާމްގެ ވިނޯވާ މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑެވެ. އެ ކުންފުންޏަށް 3000 އަކަފޫޓުގެ ބިމަކާއި 5000 އަކަފޫޓުގެ ބިމެއް 25 އަހަރުގެ ދުވަހު މުއްދަތަށް ދޫކޮށްފައި ވަނީ މިދިޔަ އަހަރު މެއި މަހު އެވެ. އެ ބޮޑު ދެ ބިން އެ ކުންފުންޏާ ހަވާލުވެފައިވަނީ އެއް ދުވަހެއްގަ އެވެ. އަދި ލިލީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް 25 އަހަރަށް 5000 އަކަފޫޓުގެ ބިމެއް ދޫކޮށްފައިވެ އެވެ.
އިތުރު ބިންތައް ދޫކޮށްފައިވާކަން، ބައެއް ވިޔަފާރިވެރިން "އަދަދު" ނޫހަށް ދީފައިވާ މައުލޫމާތު އެނގެ އެވެ.
ބޮޑެތި ބިންތައް ދޫކޮށްލިއިރު، މާލޭގެ މަގުތަކުގައި ޕާކިން ޒޯން ކަނޑައި އަމިއްލަ ފަރާތްތަކަށް އެތަންތަން ދޫކުރި އެވެ.
0.00%
28.57%
71.43%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހާލި
7 months ago
މި ވިއްކަން ހިގީ ރައީސް އޮފީހުގައި އެއިން މުއިްޒުގެ ގާތް ޝާހިދު . އެތައްބަޔަކަށް ތިޔަހެޅުންތައް ހިފައިގެން ދުވި. ގިނަމީހުން ކައިރި ނުވީ މިމީހުނަށް ސީދާ ކަޓު ކޭޝްގެ ގޮތުގައި ދޭންޖެހޭތީ.
މޯލީ
7 months ago
އެމީހުން ކިޔަނީ ޖީއެމްއާރަށް ވެސް އެއަރޕޯޓް ވިއްކާލީއެއްނޫންތަ އެބަޔަކު ބޭނުން ގޮތަކަށް ކިޔަނީ އާކަމެއްނޫނެއްނުން.
އޯކޭޑޮންކީ
7 months ago
މައްސަލައެއް ނޫން އެކަމަކު އެއްބަސް ވުމުގައި އޮންނަން ޖެހޭނެ އެ ބިންތައް ރަނގަޅަށް ނުބެލެހެއްޓި މުޑުދާރުވެ ކުށުގެ ވެއްޓަކަށް ބަދަލު ވަމުން ދާނަމަ ސަރުކާރަށް އެ ބިންތައް ނެގޭނެ ގޮތެއް ބަދަލު ނުދީ.
އަޑަފި
7 months ago
ސުރުހީގަ އޮތީ ވިއްކިވާހަކަ، ލިއުމުގަ އޮތީ ވަކި މުއްދަތަކަށް ދޫކުރި ވާހަކަ. ނޫސްވެރިންވެސް ތަންކޮޅެއް ޒިންމާދާރުވާން އބަޖެހޭ.
ވާނެވަރު
7 months ago
ގިނަ ނޫސްވެރިންނަކީ ގައުމުގެ ހަލާކު؟
1206
7 months ago
..ފަރުދުންގެ ތެރެއިން ގިނަ މީހުންނަށް ގަބޫލުކުރެވޭނީ ހަމަ ހަގީގަތުގައި ވެސް "ވިއްކައިލިއްޔޭ". ނަމަވެސް މި ލަފުޒު ބޭނުންކޮށްފައިމެ ނޫސްވެރިން ނުބައި ނިފާގު ނިޔަތުގައި ފޮރުވަން ބޭނުންވާ މާނައަކީ ދިގު މުއްދަތަށް ކުއްޔަށް ދިނުން. ކުއްޔަށް ދިނުމަކީ އެއްވެސް ހާލެއްގައި ވިއްކައިލުމެއް ނޫން.
ބިޑް
7 months ago
ބަލަ ބިޑް ނުކޮށް ވަކި ބަޔަކަށް ކުއްޔަކަށް ނުދެވޭނެ. އެ އީ ނާޖާއިޒު ފައިދާ ނެގުން
Comment