Advertisement

ކުޅުދުއްފުށީގައި ބިދޭސީ ފިރިހެނެއްގެ އަތުން ވޮލެޓެއް ފޭރިގަތް އަންހެނަކު ހައްޔަރުކޮށްފި

2 އޮގަސްޓު 2024 - 21:20 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ކުޅުދުއްފުށީގައި ބިދޭސީ ފިރިހެނެއްގެ އަތުން ވޮލެޓެއް ފޭރިގަތް އަންހެނަކު ހައްޔަރުކޮށްފި

2 އޮގަސްޓު 2024 - 21:20 0

ހދ. ކުޅުދުއްފުށީގައި ބިދޭސީ ފިރިހެނެއްގެ އަތުން ދިވެހި އަންހެނަކު ވޮލެޓެއް ފޭރިގަތް މައްސަލައެއް ހޫނުވެއްޖެ އެވެ.

މަގުމަތިން ވޮލެޓު ފޭރިގަތުމުން އެ ސަރަހައްދަށް މީހުން އެއްވެ އަޑުގަދަކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ފުލުހުން ބުނީ އެ ރަށުގައި ދިވެހި އަންހެނަކު ފޭރިގަތީ ބަންގްލަދޭޝް ފިރިހެނެއްގެ ވޮލެޓެއް ކަމަށެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓުކުރީ މިއަދު ހަވީރު ކަމަށް ބުންޏެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ ދިވެހި އަންހެން މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.