2 ޖަނަވަރީ 2025 - 06:15 0
2 ޖަނަވަރީ 2025 - 06:15 0
ކުށްކޮށްގެން ހޯދާ ފައިސާގެ އަސްލު އޮޅުވައިލުމަށްޓަކައި އުފައްދައި ހިންގާ ކަމަށް ތުހުމަތުކުރާ ވިޔަފާރިތަކުގެ ލިސްޓެއް އެކުލަވާލައި، ސަރުކާރުގެ އެއްވެސް ކުންފުންޏަކުން އެ ވިޔަފާރިތަކާ މުއާމަލާތެއް ނުކުރަން އަންގައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ފިނޭންސް މިނިސްޓްރީގެ އެންގުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރުގެ ހުރިހާ ކުންފުނިތަކަކަށް އިއްޔެ ފޮނުވި ސިޓީއާއެކު، 30 ވިޔަފާރިއެއްގެ ނަން ހިމެނޭ ލިސްޓެއް ފޮނުވާފައިވެ އެވެ.
އެ ސިޓީ އާއި ހޯމްލޭންޑް ސެކިއުރިޓީމް އެކުލަވާލާފައިވާ "ޕޭޕާ ކުންފުނިތަކުގެ" ލިސްޓު އަދަދު ނޫހަށް ލިބިފައިވެ އެވެ.
ޕީސީބީގެ ސިޓީގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކުށުގެ ވެށީގައި އެކި ނަންނަމުގައި ހަރަކާތްތެރިވަމުންދާ ގޭންގުތަކުން ކުށްކޮށްގެން ހޯދާ ފައިސާ، ލޯންޑަކޮށް އެ ފައިސާ ދައުރުކުރުމަށްޓަކައި ޕޭޕާ ކުންފުނިތަކެއް ހަދައިގެން މުއާމަލާތުކުރާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީން އަންގާފައިވާ ކަމަށެވެ.
"[އެފަދަ] ކުންފުނިތަކާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުއާމަލާތް ކުރަމުންދާކަން ވަނީ ފާހަގަކޮށްފަ އެެވެ. މިކަމަކީ ގޭންގުތަަކަށް ދައުލަތުގެ ތެރެއިން ފައިސާ ލިބި އެ ގޭންގުތަކަށް އިތުރު ބާރުވެރިކަން ލިބުމަށް މަގުފަހިވެގެންދާ ކަމެކެވެ،" ސިޓީގައިވެ އެވެ.
ސަރުކާރުގެ ކުންފުނިތަކުން، އެ ފަދަ ޕޭޕާ ކުންފުނިތަކާއެކު ވިޔަފާރީގެ މުއާމަލާތް ކުރަމުން ދިޔުމަކީ އެ ކުންފުނިތަކުން ކުރަމުންގެންދާ މުއާމަލާތްތައް ސައްހަ ކަމަށް ފެންނާނެ ކަމެއް ކަމަށް ޕީސީބީން ބުނެފައިވެ އެވެ.
އެހެންވެ، އެފަދަ ކުންފުނިތަކާއެކު ކުރިއަށް އޮތްތަނުގައި މުއާމަލާތް ކުރާ ސަރުކާރުގެ ކުންފުނިތާމެދު ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓަރީން އަންގާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
މުހިއްމު ބައެއް ހަބަރު
Comment