Advertisement

މޯލްޑިވިއަނުން ގެންނަ އެއާބަސް އޭ-330 މަރުކާގެ މަތިންދާބޯޓަށް ޕައިލެޓުން ހޯދަނީ

31 ޖުލައި 2024 - 22:35 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މޯލްޑިވިއަނަށް އޭ-330 އެއް ގެންނަން މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރު -- ފޮޓޯ: އަދަދު


މޯލްޑިވިއަނުން ގެންނަ އެއާބަސް އޭ-330 މަރުކާގެ މަތިންދާބޯޓަށް ޕައިލެޓުން ހޯދަނީ

31 ޖުލައި 2024 - 22:35 0

އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ޓްރޫނޯޑް ކުންފުންޏާ އެކު ވީ އެއްބަސްވުމުގެ ދަށުން ފުރަތަމަ ގެންނަ އޭ 330-200 މަރުކާގެ މަތިންދާބޯޓަށް ޕައިލެޓުންނާއި ފަސްޓު އޮފިސަރުން ހޯދަން މޯލްޑިވިއަނުން އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަންގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ވަޒީފާތަކަށް އެދި ހުށަހެޅުމުގެ ފަހު ތާރީހަކީ އޯގަސްޓު 7، 2024 ކަމަށެވެ.

އެ އިއުލާނާ އެކު އެއް ކަރުދާސް ކޮށްފައިވާ ތަފުސީލުގައި ޕައިލެޓުންނާއި ފަސްޓު އޮފިސަރުންގެ ވަޒީފާއަށް އެދި ހުށަހަޅާ މީހުންގެ ޝަރުތުތައް ހިމަނައިފައިވެ އެވެ.

މޯލްޑިވިއަނަށް ވައިޑް ބޮޑީ މަރުކާގެ ބޯޓެއް ގަނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް ވައުދުވެވަޑައިގަތުމުގެ ކުރިން ވެސް އައިއޭއެސްއިން މަސައްކަތް ފަށާފައިވާ ކަމެކެވެ.

އައިއޭއެސް އިން އޭ 330-200 މަރުކާގެ ބޯޓެއް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް އިއުލާނު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އެއީ ގިނަވެގެން 406 ސީޓު ހަރުކުރެވޭ، 7،250 ނޯޓިކަލް މޭލުގެ ދުރުމިނުގެ މަންޒިލުކަތަށް ދިގު ދަތުރުތައް ކުރުމުގެ ގާބިލުކަން ހުރި ބޯޓެކެވެ. އޭގެ ބޯޓެއްގެ މަހު ކުއްޔަކީ ގާތްގަނޑަކަށް 250،000 ޑޮލަރެވެ.

އައިއޭއެސް އިން ވަނީ ބޯއިން 8-787 (ޑްރީމްލައިނާ) ގެ މަތިންދާ ބޯޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ވެސް ޖެނުއަރީ މަހު އިއުލާނެއް ކޮށްފަ އެވެ. އަދި އޭ-319 ނުވަތަ އޭ-320 މަރުކާގެ އެއް ބޯޓު ހޯދުމަށް ވެސް މި އަހަރުގެ މޭ މަހު އިއުލާނު ކޮށްފައިވެ އެވެ.