Advertisement

ކެރަމް ގައުމީ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އަޒްމީނަށް

31 ޖުލައި 2024 - 12:25 0

ގައުމީ ފިރިހެން ސިންގަލްސް ޗެމްޕިއަން އަޒްމީން (ވ) އަށް ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ތަށި ހަވާލުކުރަނީ.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ


ކެރަމް ގައުމީ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އަޒްމީނަށް

31 ޖުލައި 2024 - 12:25 0

ކެރަމް ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އިސްމާއިލް އަޒްމީން ހޯދައިފި އެވެ.

އޭނާ އަކީ މި ކާމިޔާބީ ހާސިލްކުރި ތިން ވަނަ ކުޅުންތެރިޔާ އެވެ. އެ ގޮތުން، މީގެ ކުރިން ގައުމީ ފިރިހެން ސިންގަލްސް ތަށި މިލްކުރި ކުރި ކުޅުންތެރިންނަކީ، ހަސަން ނާޒިމް (ނާނު) އާއި ހުސެއިން ނީޝާމް އެވެ.

މީގެ ކުރިން، ގައުމީ ފައިނަލުގައި ތިން ފަހަރު ބަލިވެފައިވާ އަޒްމީން މި ފަހަރުގެ ގައުމީ ފައިނަލުގައި ބައްދަލުކުރީ، އިބްރާހިމް ހުޖާން އަލީއާ އެވެ. ހުޖާން އަތުން އަޒްމީން މޮޅުވީ 2-1 އިންނެވެ. މެޗުގެ، ފުރަތަމަ ސެޓު އަޒްމީން 25-6 އިން ކާމިޔާބުކޮށްފައިވަނިކޮށް، ހުޖާން ވަނީ ދެ ވަނަ ސެޓު 25-24 އިން ގެންގޮސް، ނަތީޖާ ނެރޭ ސެޓަކަށް މެޗު ގެންގޮސްފަ އެވެ. ތިން ވަނަ ސެޓުގައި ރަނގަޅު ފޯމެއްގައި ކުޅެ، އަޒްމީން މެޗު ކާމިޔާބުކުރީ މި ސެޓު، 24-3 އިން ގެންގޮސްގެންނެވެ.

މި ފަހަރުގެ ފިރިހެން ސިންގަލްސްގައި، ޖުމްލަ އެކު 23 ކުޅުންތެރިން ވާދަކޮށްފައިވެ އެވެ.

އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ވިދާދު އަށް ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ޓްރޮފީ ހަވާލުކުރަނީ.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ


ގައުމީ ކެރަމް މުބާރާތުގެ ސިންގަލްސް އިން ހުޖާން ބަލިވި ނަމަވެސް، އެހެން އިވެންޓްތަކުގައި އޭނާގެ ކާމިޔާބީ ރަަނގަޅެވެ. އެ ގޮތުން، މި ފަހަރުގެ މިކްސް ޑަބަލްސް އާއި ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ހުޖާން ނިިސްބަތްވާ ޓީމުތަކުންނެވެ. އެ ގޮތުން، ޓީމް އިވެންޓްގައި ފިރިހެން ބައިން ޗެމްޕިއަނަކީ، ހުޖާން ހިމެނޭ، މޯލްޑިވްސް ކެރަމް އެކަޑެމީ (އެމްސީއޭ) އެވެ.

ގައުމީ އަންހެން ސިންގަލްސް ޗެމްޕިއަނަކީ، އެ ތަށި ހަ ވަނަ ފަހަރަށް ހޯދި އައިމިނަތު ވިދާދު އެވެ. ވިދާދު މި ފަހަރު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 2-1 އިން އައިޝަތު ނަހުފާ ބަލިކޮށްފަ އެވެ. ފައިނަލް މެޗުގެ، ފުރަތަމަ ސެޓު 17-13 އިން ނަހުފާ ކާމިޔާބުކުރި އެވެ. ތަޖުރިބާގެ ބޭނުންކޮށް ތަފާތު ދެއްކި، ވިދާދު މޮޅުވީ ފަހަތުން އަރަ އެވެ. އޭނާ ސެޓުތައް ގެންދިޔައީ، 25-6، އާއި 25-0 އިންނެވެ.

ވިދާދު ވަނީ މި ތަށްޓާ އެކު، އަންހެން ސިންގަލްސްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ، އަައިޝަތު ޝަޒްނާ އެވެ.