Advertisement

މިނިވަންދުވަހުގެ ޕެރޭޑް ބާއްވާތީ އަންނަ ހުކުރު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

30 ޖުލައި 2024 - 18:21 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މީގެ ކުރިން ބޭއްވި މިނިވަންދުވަހުގެ ޕެރޭޑެއްގެ ތެރެއިން: މޫސުން ގޯސްވެގެން ފަސްކުރި މި އަހަރުގެ ޕެރޭޑު އޮންނާނީ އަންނަ ހުކުރު ދުވަހު - ފޮޓޯ: އަދަދު


މިނިވަންދުވަހުގެ ޕެރޭޑް ބާއްވާތީ އަންނަ ހުކުރު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

30 ޖުލައި 2024 - 18:21 0

މިނިވަން ދުވަހުގެ ޕެރޭޑް އަންނަ ހުކުރު ދުވަހު ބާއްވާތީ އެ ދުވަހު ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

ޖުލައި 26، ގައި ފާހަގަކުރި ރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ ޕެރޭޑު އޮގަސްޓު 2، އަށް ފަސްކުރީ މޫސުން ގޯސްވުމާ ގުޅިގެންނެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވެހިކަލް ދުއްވުން މަނާކުރީ މި ޕެރޭޑާ ގުޅިގެން މާލޭގެ ޓްރެފިކް ފްލޯ ކުރަން އުނދަގޫވާނެތީ ކަމަށެވެ. ވެހިކަލް ދުއްވުން މަނާކުރީ އެ ދުވަހު ހަވީރު 4:00 އިން 6:00 އަށެވެ.

މިނިވަންދުވަހުގެ ޕެރޭޑަކީ ސިފައިންނާއި ކެޑޭޓުން ކޮންމެ އަހަރެއްގެ ޖުލައި 26، ގެ ހަވީރު ކުރިއަށް ގެންދާ ރަސްމީ ހަރަކާތެކެވެ. މި ހަރަކާތް ބައްލަވާލައްވަން އޭރަކު ހުންނަވާ ރައީސާއި އަނބިކަނބަލުން ވަޑައިގަންނަވަ އެވެ.

މި އަހަރުގެ ޕެރޭޑަށްވެސް ސިފައިންނާއި ކެޑޭޓުން ދަނީ ތައްޔާރުވަމުންނެވެ. މިނިވަންދުވަސް ފާހަގަކުރުމަށް އާންމުކޮށް ޕެރޭޑުގެ އިތުރުން ރަސްމީ ޖަލްސާ އަދި ފުޅަނދުބުރާއި ހެވިކަމުގެ ކުޅިވަރުތައް ބާއްވަ އެވެ.

ނަމަވެސް ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އަޅާފައިވާ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން މިނިވަންދުވަހުގެ ޕެރޭޑާއި ރަސްމީ ޖަލްސާ ފިޔަވާ އެހެން ހަރަކާތްތައް ވަނީ ކެންސަލްކޮށްފަ އެވެ.