29 ޖުލައި 2024 - 12:04 1
މުހައްމަދު އުޝާމް
އެންވަޔަރަމަންޓް މިނިސްޓްރީން އާންމުކޮށްފައިވާ ސޯލާ ޕީވީ ނިޒާމުގެ ކުރެހުމެއް: މާލޭ ސަރަހައްދުގައި ވެސް ފްލޯޓިން ސޯލާ ނިޒާމެއް އެޅުމުގެ މަސައްކަތް ވެސް އެބަ ކުރޭ -- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
29 ޖުލައި 2024 - 12:04 1
އައްޑޫ ސިޓީ މޫދުގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރަން އިންވެސްޓަރުން ހޯދުމަށް ހުޅުވާލައި އެންވަޔަރަމަންޓް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އެއީ ވޯލްޑް ބޭންކްގެ އެހީގައި ހިނގަމުންދާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން އިންވެސްޓަރުން ހޯދަނީ ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް، ޓްރާންސްފާގެ އުސޫލުންނެވެ. އޭގެ މާނައަކީ އެ ނިޒާމު ފަރުމާ ކުރުމާއި ގާއިމުކޮށް އަދި ހިންގުމުގެ ޝައުގުވެރިކަން އޮތް ފަރާތެއް ހޯދުމެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މަޝްރޫއުގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު އަންނަ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޮވާނެ ކަމަށެވެ.
ފްލޯޓިން ސޯލާ ސިސްޓަމް ގާއިމު ކުރުމަށް ކަނޑަައަޅާފައިވާ ސަރަހައްދުތަކުގައި ހަދަން ޖެހޭ ތިމާވެއްޓަށް އަސަރު ކުރާ ނިސްބަތާއި އަދި އެހެނިހެން ފަންނީ ސާވޭތައް އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާ ކުރެވެނީ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
އައްޑޫ ފްލޯޓިން ސޯލާ މަޝްރޫއުގެ ދަށުން ހިތަދޫ ޕޯޓު ސަރަހައްދުގެ މޫދުގައި އަށް މެގަވޯޓުގެ ފްލޯޓިން ސޯލާ، މަރަދޫ ބަނދަރު ސަރަހައްދުގައި އެއް މެގަވޮޓުގެ ފްލޯޓިން ސޯލާ ހުޅުމީދޫ ބަނދަރު ސަރަހައްދު މޫދުގައި އެއް މެގަވޮޓުގެ ފްލޯޓިން ސޯލާ ނިޒާމު ގާއިމުކުރާނެ އެވެ.
މި މަޝްރޫއު ނިމުމުން ސޯލާ ހަކަތައިން ކަރަންޓު އުފައްދަން ފެށުމުން އަހަރަކު 4.43 މިލިއަން ލީޓަރުގެ ތެޔޮ ބޭނުން ކުރުން މަދު ކުރެވޭނެ އެވެ. އޭގެ ސަބަބުން ތެލަށް ކުރާ ހަރަދުން އަހަރަކު 35.5 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ވަރަށް ބަރާބަރު
8 months ago
އައްޑުއަތޮޅުގައި އިގްތިސާދީ މަސައްކަތެއް ކޮއްލާނެ ތަންކޮޅެއް ނުބާއްވާ ތިޔަކަހަލަ ކަންކަން ކޮށްފަ ބަހައްޓާތި. ބިންކޮޅެއް އޮވެއްޖެއްޔާ ހިމާޔަތް ކުރާތި. މާލެ ސަރަހައްދުގައި ތިމާވެއްޓެއް ނެތީމަތާ އެ ސަރަހައްދުގައި ހިމާޔަތްނުކުރަނީ. މިއަތޮޅުގައި ބިން ހިއްކިޔަސް ތަނެއް އިމާރާތް ކުރިޔަސް ތިމާވެއްޓައް ގެއްލުންވާތީ ޖަމިއްޔާ ޖަމާއަތްތައް ހޭލާނެ. އަޖައިބެއް
Comment