Advertisement

އެކްސްގެ ޕްރީމިއަމް ސަބްސްކްރިޕްޝަން ނަގަން ހެލްތު މިނިސްޓްރީން މެދުވެރިޔަކު ހޯދަނީ

29 ޖުލައި 2024 - 06:15 1

އަހުމަދު އާއިދު

އ

Advertisement

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު: އެ މިނިސްޓްރީން ވަނީ އެކްސްގެ ޕްރިމިއަމް ޕްލަސް ސަބްސްކްރައިބް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ - ފޮޓޯ: މަޖިލިސް އިދާރާ


އެކްސްގެ ޕްރީމިއަމް ސަބްސްކްރިޕްޝަން ނަގަން ހެލްތު މިނިސްޓްރީން މެދުވެރިޔަކު ހޯދަނީ

29 ޖުލައި 2024 - 06:15 1

Advertisement

Advertisement

ހެލްތު މިނިސްޓްރީއަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގެ ޕްރިމިއަމް ޕްލަސް ސާވިސް ސަބްސްކްރައިބް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނީ މި މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ޖުލައި 31، އާ ހަމައަށް ލިބޭނެ ކަމަށެވެ. އެކްސް ޕްރިމިއަމް ޕްލަސް ސާވިސް ހޯދަން މިނިސްޓްރީން ބޭނުންވަނީ އެއް އަހަރުގެ މުއްދަތަކަށެވެ.

Advertisement

އިއުލާނާއެކު ހިއްސާކުރި މައުލޫމާތު ޝީޓުގައި ވަނީ އެކްސް ޕްލެޓްފޯމުގެ ޕްރިމިއަމް ޕްލަސް އިން ކޮންމެ މީހަކަށްވެސް ލިބޭނެ ހިދުމަތްތަކެވެ. އިތުރު އެއްވެސް ކަމެއް ނެތެވެ.

އެކްސްގެ ސަޕްސްކްރިބްޝަން ގަތުމަކީ ކޮންމެ މީހަކަށްވެސް މަދު މިނެޓުކޮޅެއްގެ ތެރޭގައި ކުރެވޭނެ މަސައްކަތެކެވެ. މިކަމަށް ބޭނުންވާނީ ވުޒާރާގެ މައުލޫމާތާއި ކްރެޑިޓް ކާޑެކެވެ.

މިފަދަ އާދައިގެ މަސައްކަތެއް އިތުރު ބަޔަކަށް ހަވާލުކުރަން ހެލްތު މިނިސްޓްރީން ނިންމާފައި މިވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަން ނިންމާފައި ވަނިކޮށެވެ. އަދި ވުޒާރާތަކުގެ ހަރަދުތައް ކުޑަކުރުމަށްވެސް ފިނޭންސުން މެމޯތަކެއް ފޮނުވާފައި ވަނިކޮށެވެ.

Advertisement

0.00%

0.00%

0.00%

100.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އަޅި އަލީ

8 months ago

ނޫސްވެރިކަމަށް ކުފޫ ހަމަ ނުވާ މީހުން ނޫސްވެރިންނަށް ވީމަ ވާނީ މިހެން! އަދި ދިރާސާ ކޮއްލާ! އޭރުން ސަފުވާނެ!