Advertisement

ހުލާސާކޮށް އިއްޔެ: "ނަންނުގަތި ސިޔާސަތު"ގެ ވާހަކަ

27 ޖުލައި 2024 - 06:40 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު. -- ފޮޓޯ: ޕީއެންސީ


ހުލާސާކޮށް އިއްޔެ: "ނަންނުގަތި ސިޔާސަތު"ގެ ވާހަކަ

27 ޖުލައި 2024 - 06:40 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް އެއްގޮތެއްގައި ނުހިފެހެއްޓި، ފެންނަމުން ދަނީ "ނަންނުގައްޗެއް ދުވާހެން" ދާތަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މި ސަރުކާރުގެ ސިޔާސަތުތައް އެއްގޮތެއްގައި ދެމެހެއްޓޭތަން ނުފެންނަ ކަމުގެ ގިނަ މިސާލުތަކެއް، ޕީއެންއެފްގެ އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޔާމީން ދެއްކެވި އެވެ. އޭގެ ތެރޭގައި އިޒްރޭލް ޕާސްޕޯޓު މަނާކުރުމާއި ޓޯލް ފީ ނެގުމުގެ ސިޔާސަތާއި ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ އިތުރުން އެހެން މިސާލުތައް ވެސް ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގެ ދާހިލީ މައްސަލަތައް ފިޔަވައި، ދިވެހީން އެންމެ ކަންބޮޑުވުމަކީ ފަލަސްތީނުގައި، އިޒްރޭލް ސިފައިން ހިންގަމުންދާ ގަތުލްއާންމު ކަމަށާއި ފަލަސްތީނަށް އެހީތެރިވުމަށާއި އެ ގަތުލްއާންމު ނިމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވާއިރު، އިޒްރޭލް ޕާސްޕޯޓު މަނާ ނުކޮށް ދިގު ދެއްކުމަކީ "ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތުން" ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ ފަދަ ނިންމުންތަކަކީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ނިންމާ ކަމެއް ކަމަށް ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ.

މުހިއްމު ބައެއް ހަބަރު