Advertisement

ހުލާސާކޮށް އިއްޔެ: ހާއްސަ އުސޫލުން ގޯތިތަކެއް ވިއްކުން!

about 3 hours 0

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު


ހުލާސާކޮށް އިއްޔެ: ހާއްސަ އުސޫލުން ގޯތިތަކެއް ވިއްކުން!

about 3 hours 0

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އަންހެނުންނަށް ލުއި ގޮތެއްގައި ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް ހުޅުމާލެއިން ގޯއްޗެއް ވިއްކި މައްސަލަ ފަޅައި އަރާފައި އޮއްވައި، އިތުރު ފަސް ގޯއްޗެއް އެ އުސޫލުން ވިއްކައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 2017 ގައި 42 ބިމެއް ވިއްކަން ހުޅުވައިލި ބީލަމަށް އެޗްޑީސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝިދުގެ އަންހެނުން، މ. ސާނިޔާ ޒުލްފީނާ ރަޝީދު ހުށަހެޅި އެވެ. އެ ބީލަމަށް ހުށަހެޅި މީހުންގެ ލިސްޓުގައި އޭނާ އޮތީ 40 ވަނައިގަ އެވެ. ނަމަވެސް, އެ ފަހަރު ބިން ވިއްކީ 36 ފަރާތަކަށް ކަމަށް ވާތީ އޭނާއަށް ބިން ގަންނަން ނުލިބެ އެވެ.

އެހެންވެ، ބިން ވިއްކުމުގެ އަމުރެއް ނެރެ ދިނުމަށް ޒުލްފީނާ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ބިމުގެ މުއާމަލާތުގެ އެ މައްސަލަ ހަތަރު އަހަރު ފަހުން 2021 ގައި ކޯޓަށް ހުށަހެޅި އެ މައްސަލަ ކުރިއަށް ދަނިކޮށް، ހުޅުމާލެއިން އިތުރު ބިންތަކެއް ވިއްކަން ހުޅުވައިލުމުން އެކަން ހުއްޓުވުމަށް ވަގުތީ އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް, އެކަމަށް ސިވިލް ކޯޓުން ވެސް އަދި ހައި ކޯޓުން ވެސް ވަގުތީ އަމުރެއް ނުދިނެވެ.

ހުށަހެޅި މައްސަލައިގެ ހުކުމް ވެސް އައީ ޒުލްފީނާއާ ދެކޮޅަށެވެ. އެ މައްސަލައިގައި ނިންމީ ޒުލްފީނާއަށް ބިން ވިއްކުމަށް އެޗްޑީސީގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށެވެ. އެ މައްސަލަ އިސްތިއުނާފު ނުކޮށް އޮއްވައި އެމްޑީޕީގެ ވެރިކަން ބަދަލުވެ، އެޗްޑީސީ ހިންގަން ފަޒްލު ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ އިސްކަމެއް ދެއްވި އެއް ކަމެއްގެ ގޮތުގައި ނިންމެވީ އޭނާގެ އަންހެނުންނަށް ބިމެއް ވިއްކުމުގެ މުއާމަލާތް ނިންމުމެވެ.

ހުޅުމާލޭ ފޭސް 2 ގެ ބީޗް ފްރޮންޓުން އެންމެ އަގުބޮޑުކޮށް މީހުން ގޯތި ގަނެފައިވާ ސަރަހައްދުން ޒުލްފީނާއަށް 2،140 އަކަފޫޓުގެ ބިމެއް ވިއްކީ ޖީއެސްޓީއާއެކު 11.7 މިލިއަން ރުފިޔާ އަށެވެ. ޖީއެސްޓީ އުނިކުރުމުން ބިމުގެ އަގަކީ 10.2 މިލިއަން ރުފިޔާ އެވެ. އެ ފައިސާ ދައްކައި ހަލާސްކުރަން ޖެހެނީ 60 މަސް ދުވަހުން (ފަސް އަހަރު) ނެވެ. އެއީ ޖީއެސްޓީއާއެކު މަހަކު 185،366.18ރ. އެވެ.

މުހިއްމު ބައެއް ހަބަރު