Advertisement

ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ހަތަރު އަހަރުގެ މާސްޓާ ޕްލޭނެއް ހަދަނީ

about 13 hours 0


ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ހަތަރު އަހަރުގެ މާސްޓާ ޕްލޭނެއް ހަދަނީ

about 13 hours 0

ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މާސްޓާ ޕްލޭނެއް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ދުންފަތުގެ މާސްޓާ ޕްލޭން ހަދަން ނިންމެވީ ބުދަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގަ އެވެ. ރައީސް ނިންމެވީ ހަތަރު އަހަރު ތެރޭގައި ފާހަގަކޮށްލެވޭ ނަތީޖާއެއް ނެރެވިދާނެ ފަދަ ރިއަލިސްޓިކް ޕްލޭނެއް ހެދުމަށެވެ.

އެ މާސްޓާ ޕްލޭން ހަދަން ރައީސް ވަނީ މުހުލަތެއް ދެއްވައިފަ އެވެ. ރައީސް ދެއްވި ސުންގަޑި ހަމަވާނީ މި ހިނގާ ނޮވެމްބަރު 27، ގަ އެވެ.

އެ މާސްޓާ ޕްލޭނުގައި، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ފާހަގަ ކުރުމަށާއި ދުންފަތް ބޭނުން ނުކުރާ ރަށްރަށް ފާހަގަ ކުރުމަށާއި އެފަދަ ރަށްރަށަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހިމަނަން ވަނީ ނިންމައިފަ އެވެ.

ދުންފަތް ބޭނުން ކުރުން ހުއްޓާލަން ބޭނުންވާ މީހާއަށް ބޭނުންވާ ފަރުވާ ކޮންމެ ރަށަކުން ހިލޭ ލިބޭނެ މަގު ފަހިކޮށްދިނުމަށް ވެސް ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި 2019 ވަނަ އަހަރު ހެދި ސްޓެޕްސް ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެކެވެ. އަދި ދުންފަތް ބޭނުން ކުރާ ކުޑަކުދިންގެ އަދަދު ވެސް މަތިކަން ދިރާސާއިން ދައްކަ އެވެ. ކުޑަކުދިން އެންމެ ގިނައިން ބޭނުން ކުރަނީ ވޭޕެވެ.

ދުންފަތުގެ މައްސަލަ ހައްލު ކުރަން ޕްލޭނެއް ހަދަން ނިންމިއިރު، ނޮވެމްބަރު 15، އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޑިސެމްބަރު 15، އިން ފެށިގެން ވޭޕް ބޭނުން ކުރުން މަނާ ކުރަން ރައީސް ވަނީ ނިންމަވައިފަ އެވެ.

އޭގެ އިތުރުން، ދުންފަތުން ނަގާ ޓެކްސް ނޮވެމްބަރު 1، އިން ފެށިގެން ބޮޑު ކުރަން ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ. ރައީސް ނިންމެވީ ސިނގިރޭޓަކުން މިހާރު ނަގާ 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑު ކުރުމަށެވެ.