Advertisement

އޭއައި ބޭނުންކޮށްގެން އިގްތިސާދީ ފައިދާ ހޯދާނެ ގޮތްތައް ހޯދައި، އޭއައިގެ ނުރައްކާތައް ދަނެގަތުމަށް މާސްޓާ ޕްލޭނެއް ހަދަނީ

about 13 hours 0

ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމުގައި: ދުންފަތުގެ މައްސަލަ ހައްލު ކުރަން ވެސް ޕްލޭނެއް ހަދަން ނިންމެވި -- ފޮޓޯ


އޭއައި ބޭނުންކޮށްގެން އިގްތިސާދީ ފައިދާ ހޯދާނެ ގޮތްތައް ހޯދައި، އޭއައިގެ ނުރައްކާތައް ދަނެގަތުމަށް މާސްޓާ ޕްލޭނެއް ހަދަނީ

about 13 hours 0

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އިގްތިސާދީ ފައިދާ ހޯދިދާނެ ގޮތްތައް ދަނެގަނެ، އޭގެ ނުރައްކާތައް ދަނެގަތުމަށް ގާނޫނީ ފްރޭމްވޯކަކާއި މާސްޓާ ޕްލޭނެއް އެކުލަވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އޭއައިއާ ގުޅޭ ގާނޫނީ ފްރޭމްވޯކަކާއި މާސްޓާ ޕްލޭނެއް ހަދަން ނިންމީ ބުދަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ކަމަށް އެކަން ކުރެއްވުމަށް ރައީސްއަށް ލަފާ ލިބިވަޑައިގަތުމުން ކަމަށެވެ.

އިއްޔެގެ ކެބިނެޓު ބައްދަލުވުމުގައި ރައީސް ވަނީ އޭއައިއާ ގުޅޭ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ހޯމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

ބުދަ ދުވަހުގެ ކެބިނެޓު ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މާސްޓާ ޕްލޭނެއް ހެދުމަށް ވެސް ނިންމަވައިފަ އެވެ. އެ ޕްލޭން އުފެއްދުމަށް ރައީސް ދެއްވި ސުންގަޑިއަކީ މި ހިނގާ އޮކްޓޯބަރު 27، އެވެ.

ދުންފަތުގެ މައްސަލަ ހައްލު ކުރަން ހަދަނީ ހަތަރު އަހަރުގެ މާސްޓާ ޕްލޭނެކެވެ. އަދި މާސްޓާ ޕްލޭން ހަދާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދުންފަތް ބޭނުން ނުކުރާ ރަށްރަށް ފާހަގަ ކުރެވޭނެ ގޮތަކަށް މާސްޓާ ޕްލޭން ހެދުމަށް ވެސް ރައީސް ނިންމެވި އެވެ.

ދުންފަތުގެ މައްސަލަ ހައްލު ކުރަން ޕްލޭނެއް ހަދަން ނިންމިއިރު، ނޮވެމްބަރު 15، އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޑިސެމްބަރު 15، އިން ފެށިގެން ވޭޕް ބޭނުން ކުރުން މަނާ ކުރަން ރައީސް ވަނީ ނިންމަވައިފަ އެވެ.

އޭގެ އިތުރުން، ދުންފަތުން ނަގާ ޓެކްސް ނޮވެމްބަރު 1، އިން ފެށިގެން ބޮޑު ކުރަން ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ. ރައީސް ނިންމެވީ ސިނގިރޭޓަކުން މިހާރު ނަގާ 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑު ކުރުމަށެވެ.