Advertisement

ޕޮއިޒްގެ ހާއްސަ ހަވީރެއް މިއަދާއި މާދަމާ އާޓިފިޝަލް ބީޗުގައި

26 ޖުލައި 2024 - 06:25 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޕޮއިޒްގެ ހާއްސަ ހަވީރެއް މިއަދާއި މާދަމާ އާޓިފިޝަލް ބީޗުގައި

26 ޖުލައި 2024 - 06:25 0

މިއަދު އާޓިފިޝަލް ބީޗް ސަރަހައްދުގެ ވަސް މުޅިން ތަފާތުވާނެ އެވެ. ސަބަބަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޕާފިއުމް ވިއްކާ ފިހާރަ ޕޮއިޒްގެ ހާއްސަ އިވެންޓެއް ކަމުގައިވާ "އޭން އިވްނިން ވިތު ޕޮއިޒް" މިއަދު ހަވީރު ފަށާތީ އެވެ.

އެ ހަރަކާތް ކުރިއަށް ދާނީ މިއަދާއި މާދަމާ، ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން 6:00 އަށް އަދި އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ.

ޕޮއިޒްގެ ހިތްގަމު ވަސްތަކުގެ ތެރޭގައި ހުރިހާ އުމުރުފުރާއަކާ ގުޅޭ ހާއްސަ ގޭމުތަކާއި، އެހެން ހަރަކާތްތައް ކުރިއަށްދާނެ އެވެ. އަދި އިނާމުތަކާއި، ގިފްޓު ވައުޗާ ލިބޭނެ އެވެ. އަދި ސެންޓުފުޅިއެއް ގަނެގެން ސެމްސަންގް ގެލެކްސީ S23 ފޯނެއް ލިބުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.


ޕޮއިޒުން ބުނި ގޮތުގައި މި އިވެންޓުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހި ކުރުމާއި އެއްތަނަކުން ރީޓައިލް އަދި ހޯލްސޭލް ކަސްޓަމަރުނާއި ދިމާވެ ޕޮރޮޑަކްތައް ބަލައިލުމުގެ ފުރުސަތު ދިނުމެވެ.

ޕޮއިޒްއިން އަންނަނީ ނަން މަޝްހޫރު ޕާފިއުމްސްއާއި ސްކިން ކެއާ އަދި ހެއާ ކެއާގެ އޮރިޖިނަލް އުފެއްދުންތައް ވިއްކަމުންނެވެ.