Advertisement

ލޯކަލް މާރުކޭޓުން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެ

30 ސެޕްޓެންބަރު 2024 - 18:04 0

ދަތުރުވެރިންގެ މާރުކޭޓުގައި ކަރަންޓް ނެތް ނަމަވެސް ބަޔަކު އެތަނުގައި ވިޔަފާރިކުރަނީ. ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު


ލޯކަލް މާރުކޭޓުން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެ

30 ސެޕްޓެންބަރު 2024 - 18:04 0

މަސްމާރުކޭޓުގެ ކުރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެ، ވިޔަފާރިއަށް ބުރޫ އަރައިފި އެވެ.

ލޯކަލް މާރުކޭޓުގެ ބައެއް ގޮޅިތަކުގައި ތިބި ސޭޓުން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި ފަހަކަށް އައިސް އެތަނުން ކަރަންޓު ކެނޑެމުން ދިޔަ އެވެ. އެކަމަކު ކަރަންޓު ކެނޑުމަށް ފަހު ކަރަންޓް ލިބުން އެންމެ ލަސްވީ މިއަދު އެވެ.

އެގޮތުން މިއަދު ހެނދުނު 10:00 އެހާކަށް ހާއިރު ކަރަންޓް ކެނޑުނު ގޮތަށް ދެން ކަރަންޓް ލިބުނީ މެންދުރު 12:00 ހާއިރު ކަމަށާއި އޭގެ ކުޑަ އިރުކޮޅެއް ފަހުން ކަރަންޓް ކެނޑުނު ކަމަށް ވެސް އެމީހުން ބުންޏެވެ. "އަދަދު"ގެ ނޫސްވެރިން ހަވީރު 4:45 ހާ އިރު އެތަނަށް ދިޔަ އިރު ވެސް އެތަނުގައި ކަރަންޓެއް ނެތެވެ.

ލޯކަލް މާރުކޭޓުން ކަރަންޓު ކެނޑިފައި


ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު ވިދާޅުވީ މާރުކޭޓުން ކަރަންޓު ކެނޑެނީ އެތަނަށް ކަަރަންޓްދޭން ވަގުތީ ގޮތުން ބަހައްޓާފައި ހުރި ޑީބޯޑުން ދެވޭ ވަރަށް ވުރެ މަތީ މިންވަރަކަށް ކަރަންޓް ބޭނުންކުރަން ޖެހުމުގެ ސަބަބުން ކަމަށާއި އެތަނާ އެކަށީގެންވާ ޕެނަލެއް ބަހައްޓަން ސިޓީ ކައުންސިލަށް ލަފާ ދީފައި ވާނެ ކަމަށެވެ.

"މިހާރު ވަނީ އެ މާރުކޭޓަށް އަލުން ކަރަންޓް ދީފައި، އެހެން ނަމަވެސް ކެނޑުމުގެ ފުރުސަތު އަދި ވެސް އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މަހުގެ އުފެއްދުންތައް ގިނަ އަދަދަކަށް ވިއްކާ މާރުކޭޓެކެވެ. އެތަނުން ކަރަންޓް ކެނޑޭ މައްސަލަ ހައްލުނުވާތީ ގޮޅިތައް ހިންގާމީހުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިިފަ އެވެ.