Advertisement

ރައީސް މުއިއްޒުއަށް ދައުލަތަށް އެއްވެސް މުދަލެއް އިތުރު ނުކުރެވުނު: ޖަމީލް

25 ޖުލައި 2024 - 19:28 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ނައިބު ރައީސް އަދި ޖަސްޓިސް މިނިސްޓަރު، ޑރ. މުހައްމަދު ޖަމީލް އަހުމަދު -- ފޮޓޯ: އަދަދު


ރައީސް މުއިއްޒުއަށް ދައުލަތަށް އެއްވެސް މުދަލެއް އިތުރު ނުކުރެވުނު: ޖަމީލް

25 ޖުލައި 2024 - 19:28 0

މި ސަރުކާރު އައިފަހުން އަދި ދައުލަތަށް އެއްވެސް މުދަލެއް އިތުރު ނުކުރެވޭ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ ވެރިކަން ކުރުމުގެ ހުނަރެއް ނެތް ދޮގު ހަދާ ވެރިއެއް ކަމަށް ދިވެހިން މިއަދު ގަބޫލު ކޮށްފި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭނު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކައާ ހިލާފަށް ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ސަރުކާރުން ނިންމި ނިންމުމަށް ފާޑުވިދާޅުވެ ފޭސްބުކްގައި ޖަމީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ފެނިގެން މިދަނީ ރައީސް ޔާމީނާއި ރައީސް މުއިއްޒުގެ ހުރި ތަފާތު ކަމަށެވެ.

"އެކަމަކު ރ. ޔާމީނު ހެއްދެވި ތާރީހީ ބްރިޖް އަދި ހިލޭ ދެއްވި ހިދުމަތުން މިއަދު ރ. މުއިއްޒު ފީ ނަގަނީ. ރ. ޔާމީނު ހިއްކެވި ހުޅުމާލޭ ބިން ރ. މުއިއްޒު ރާޖޫއަށް މިއަދު ވިއްކާލީ! މި ފެންނަނީ ރ. ޔާމީނު ފަދަ ލީޑަރަކާއި ނުބައި ރޭވުމުން ޕާޓީއާ ވެރިކަން ޖަހައިގަތް ފަރާތަކާ ހުރި ތަފާތު،" ޖަމީލްގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

"މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ،"

ރައީސް މުއިއްޒުއަކީ ކަނޑައެޅިގެން ދޮގުހަދާ ބޭފުޅެއް ކަމަށް ސިފަ ކުރައްވައި ޖަމީލް ވިދާޅުވީ ބުރިޖުން ފީއެއް ނުނަގާނެ ކަމަށް ތަކުރާރުކޮށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެ ވައުދާ ރައީސް ހިލާފުވެވަޑައިގަންނަވަނީ ބާރު ލިބުމުން ކަމަށް ޖަމީލު ވިދާޅުވި އެވެ.

"ރައްޔިތުން މިއަދު ގަބޫލު ކުރަނީ ރ. މުއިއްޒަކީ އިތުބާރު ނުކުރެވޭ، ވެރިކަން ކުރުމުގެ ހުނަރެއް ނެތް، ރައްޔިތުންނަށް އޮޅުވާލާ ތަކުރާރުކޮށް ދޮގުހަދާ ވެރިއެއް ކަމަށް،" ޖަމީލު ވިދާޅުވި އެވެ.

ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ނިންމާފައިވާކަން ސަރުކާރުން އިއުލާނު ކުރީ ފަހިމާލެ ޕްރޮގުރާމު އިފުތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ނަމަވެސް, އެ ފީ ނަގަން އަދި ނުފަށާނެ ކަމަށާއި އެއީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް ވަނީ އޭގެ ފަހުން ވިދާޅުވެފަ އެވެ.