Advertisement

ވިލިމާލެއިން 10،000 އަކަފޫޓުގެ ބިމެއް އެސްޓީއޯއިން ހޯދަނީ، ސިޓީ ކައުންސިލުގެ ކަންބޮޑުވުން

25 ޖުލައި 2024 - 18:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން: އެސްޓީއޯއިން 10،000 އަކަފޫޓުގެ ބިމެއް ވިލިމާލެއިން ހޯދާތީ ކަންބޮޑުވުން ފާޅުކޮށްފި


ވިލިމާލެއިން 10،000 އަކަފޫޓުގެ ބިމެއް އެސްޓީއޯއިން ހޯދަނީ، ސިޓީ ކައުންސިލުގެ ކަންބޮޑުވުން

25 ޖުލައި 2024 - 18:19 0

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ ފިހާރައިން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރަން 10،000 އަކަފޫޓުގެ ބިމެއް ވިލިމާލެއިން ދޭން އެދުމުން، މާލެ ސިޓީ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވިލިމާލެއިން ބިމެއް ހޯދަން އެސްޓީއޯއިން ނިންމީ އެ ކުންފުނީގެ މެނޭޖްމަންޓުންނެވެ. އެއާއެކު، ޖުލައި، 16 ގައި އެ ކުންފުނިން ވަނީ މާލެ ސިޓީ ކައުންސިލަށް އެކަމަށް އެދި ސިޓީއެއް ވެސް ފޮނުވާފަ އެވެ.

މާލެ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 155 ވަނަ ރަސްމީ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މާލޭގެ ބިންތަކުން ފައިދާއެއް ނެރުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެއް ކަމަށާއި ކުރިން ވިސްނާ ނުލެވި ބިންތައް ދެވިފައި ހުރުމުން މާލޭގެ ރައްޔިތުންނަށް ލަނޑު ލިބިފައިވާ ކަމަށެވެ.

"ވަރަށް ބައިވަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން މާލޭގެ ވަރަށް ޕްރައިމް ރިއަލްއެސްޓޭޓް ހުންނާނެ ނަގާފައި. އެތަންތަނުގައި ކުރާ ކަންތައްތައް ބައްލަވާ. ބަންގްލަދޭޝް މީހުން ގެންގުޅޭ ލޭބާ ކުއާޓާސް ހަދައިގެން މާލޭގެ އެންމެ މި އަގުބޮޑު ބިމުގައި. އަޅުގަނޑުމެން މި އުޅެނީ އަލިފާން ފޮށްޓެއް ތެރޭގައި،" ސައިފް ވިދާޅުވި އެވެ.

ސައިފް ވިދާޅުވީ ދުރު ރާސްތާ ޕްލޭނަކާއެކު ބިންތައް ހޯދަން ސަރުކާރުގެ ކުންފުނިތަކުން އައުމަށް އެދޭ ކަމަށާއި ނަމަވެސް މާލޭގެ ބިމުން ފައިދާ ނެގެން އޮއްވައި، އެކަން ނުކުރެވޭ ގޮތަށް ބިންތައް ދޭން ދެކޮޅު ކަމަށެވެ.

ބައްދަލުވުމުގައި ސައިފް ދެއްކެވި ވާހަކަފުޅަށް ތާއީދު ކުރައްވާ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެއްވެސް ޕްލޭނެއް ނެތި މާލޭގެ ހުރި މަދު ބިންތައް ދިނުމަކީ ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ ކަމެއް ކަމަށެވެ.

އެގޮތުން އެކަމާ ގުޅިގެން ރައީސް އޮފީސް ހިމެނޭ ގޮތަށް ސަރުކާރުގެ ކުންފުނިތަކާއެކު މަޝްވަރާ ކުރުމަށް ބައްދަލުވުމެއް