Advertisement

ވެމްކޯއިން ކުނި ނެގުން ދަން ގަޑިތަކަށް ބަދަލުކުރަނީ

25 ޖުލައި 2024 - 20:23 0

މޫސާ ނާޝިއު

މޫސާ ނާޝިއު


ވެމްކޯއިން ކުނި ނެގުން ދަން ގަޑިތަކަށް ބަދަލުކުރަނީ

25 ޖުލައި 2024 - 20:23 0

މާލޭގެެ މަގުތަކުގެ ތޮއްޖެހުން ހައްލު ކުރުމަށާއި ޓްރެފިކް ފްލޯއަށް ފަސޭހަ ކުރުމުގެ ގޮތުން ވެމްކޯއިން ކުނި އުކާލުމަށް މަގުތަކުން ކުނި ނެގުން ދަން ގަޑިތަކަށް ބަދަލުކުރަން ނިންމައިފި އެވެ.

ސަރުކާރުން މިކަން މިގޮތަށް ނިންމިކަން އިއުލާން ކުރީ ރޭ ދަރުބާރުގޭގައި ބޭއްވި "މާލެ ފެހި" ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގަ އެވެ.

މިހާރު ކުނި ނަގަނީ ރޭގަނޑު 07:00 އިން 10:00 އާ ހަމައަށެވެ. އެ ގަޑިތަކުގައި މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ ހުއްޓި ހިނގާބިނގާވެ އުޅުމަަށާއި ދަތުރުފަތުރު ކުރުމަށް އުނދަގޫތައް ކުރިމަތިވެ އެވެ.

މިގޮތަށް އަމަލުކުރަން ނިންމީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން ތޮއްޖެހުން ކުޑަކުރުމަށްޓަކައި ވަނީ ވަކި ސައިޒަކަށްވުރެ ބޮޑެތި އުޅަނދުތަކުގައި މުދާ އުފުލޭ ގަޑި ވެސް ބަދަލުކުރަން ނިންމައިފަ އެވެ.

މާލޭގައި ކޮންމެ ބޮލަކަށް 1.7 ކިލޯ އަދި އަތޮޅުތެރޭ ރަށްރަށުގައި ކޮންމެ ބޮލަކަށް 800 ގްްރާމު ކުނި ދުވާލެއްގެ މައްޗަށް އުފައްދަ އެވެ. އުފެދޭ ކޮންމެ ކުނި ޓަނެއް ނައްތާލުމަށް 2400ރ. ހޭދަކުރެ އެވެ.