Advertisement

ޓްރީޓޮޕް ހޮސްޕިޓަލުން ހިލޭ އެމްއާރްއައި ސްކޭން ހެދޭ ކެމްޕޭންއެއް ފަށައިފި

23 ޖުލައި 2024 - 21:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޓްރީޓޮޕް ހޮސްޕިޓަލުން ހިލޭ އެމްއާރްއައި ސްކޭން ހެދޭ ކެމްޕޭންއެއް ފަށައިފި

23 ޖުލައި 2024 - 21:12 0

ރާއްޖޭގައި ބަލިތަށް ދެނެގަތުމަށް ހާއްސަކޮށްގެން ހެދޭ ކްރިޓިކަލް ޑައިގްނޯސްޓިކް ޙިދުމަތްތައް ފަސޭހައިން ލިބޭނެގޮތް މަގުފަހިކުރުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ އެމްއާރުއައި ކެންޕެއިނެއް ފައިފި އެވެ.

ސެޕްޓެމްބަރު 16. ގެ ނިޔަލަށް ހަމައެކަނި ދިވެހިންނަށް ކުރިއަށްގެންދާ އެ ކެމްޕޭނުގެ ދަށުން ހިދުމަތް ހޯދާ ފަރާތްތަކަށް އަތުން އިތުރު އެއްވެސް ހަރަދަކާ ނުލައި އެމްއާރުއައި ސްކޭން ހެދޭނެ ގޮތް ހަމަޖެހޭނެ އެވެ.

ޓްރީ ޓޮޕްގެ ސީއީއޯ ޑރ. އެސް ސްރިވަތުސަން ސްރީދަރު ވިދާޅުވީ ޖީއެމްއާރުއައި ސްކޭން ހަދަން ބޭނުންވާ ދިވެހިންނަށް ގިނަ ދަތިތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ކަމަށާއި އެ ކެންޕޭނުގެ އަމާޒަކީ ދިމާވެފައިވާ އެ ގޮންޖެހުންތަކަށް ލުޔެއް ހޯދައި ދިނުން ކަމަށެވެ.

"ދިވެހި ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް ބޭނުންވާ ހިދުމަތްތައް އަބަދުވެސް މި ހޮސްޕިޓަލުން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ،"

ޓްރީޓޮޕުން ހައްދާ އެމްއާރްއައި ސްކޭންގައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެކި ބާވަތުގެ ވީޑިޔޯ ދެއްކުމާއި، ތަފާތު އަޑުތަކާއި މިއުޒިކް ޖަހައިދިނުން ހިމެނެ އެވެ.

އޭގެއިތުރުން ހާއްސަކޮށް ދުވަސްވީ މީހުންނާއި ބިރުވެރިކަން އިހްސާސްކުރެވޭ ފަރާތްތަކަށް، އެމްއާރްއައި ސްކޭން ނަގާއިރު ގާތުގައި އެހީތެރިޔަކު ބެހެއްޓުމުގެ ފުރުސަތު ލިބެ އެވެ.

އެ ހިދުމަތްތަކުގެ ސަބަބުން ބަލިމީހުންނަށް ފަސޭހަވެ، ހިތްހަމަޖެހޭ މާހައުލެއްގައި ސްކޭން ހެދުމުގެ ފުރުސަތު ތަނަވަސްވެގެންދެ އެވެ.

ސްކްރީނިން ކެމްޕެއިނަށް ބުކިންގް ހެދުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 3351610 އަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގެ އަމާޒަކީ ހިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމެވެ.