Advertisement

ޓްރަމްޕަށް ދިން ހަމަލާއާ ގުޅިގެން، ސީކްރެޓް ސާވިސްގެ ޑިރެކްޓަރު އިސްތިއުފާ ދީފި: ރިޕޯޓް

23 ޖުލައި 2024 - 20:23 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސީކްރެޓް ސާވިސްގެ ޑިރެކްޓަރު: ޓްރަމްޕަށް ދިން ހަމަލާއާ ގުޅިގެން މަގާމުން އިސްތިއުފާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނޭ -- ފޮޓޯ: އޭޕީ


ޓްރަމްޕަށް ދިން ހަމަލާއާ ގުޅިގެން، ސީކްރެޓް ސާވިސްގެ ޑިރެކްޓަރު އިސްތިއުފާ ދީފި: ރިޕޯޓް

23 ޖުލައި 2024 - 20:23 0

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާއާ ގުޅިގެން، ސީކްރެޓް ސާވިސްގެ ޑިރެކްޓަރު ކިމްބާލީ ޗީޓްލް އިސްތިއުފާ ދީފި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

ޖުލައި، 14 ވަނަ ދުވަހުގެ ރޭ ފަތިހު ރައިފަލްއެއް ބޭނުންކޮށްގެން ޓްރަމްޕަށް ދިން އެ ހަމަލާ އަމާޒުވީ އޭނާގެ ކަންފަތަށެވެ. ނަމަވެސް އޭނާއަށް މާ ބޮޑު ޒަހަމްތަކެއް ނުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

އެސޯސިއޭޓް ޕްރެސް ނިއުސް އެޖެންސީއާ ހަވާލާދީ "އަލްޖަޒީރާ" އިން ބުނީ ޑިރެކްޓަރު ވަނީ މިއަދު ހުރިހާ ސްޓާފުންނަށް އީމެއިލް މެދުވެރިކޮށް މަގާމުން އިސްތިއުފާ ދެއްވަން ނިންމާފައިވާ ކަމަށް ބުނެފައި ކަމަށެވެ.

"ސެކިއުރިޓީ ފެއިލްވުމުގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން،" ޓްރަމްޕްގެ ހަމަލާއަށް އިޝާރާތްކޮށް ޑިރެކްޓަރު ސްޓާފުންނަށް ފޮނުވި މެއިލްގައި ބުންޏެވެ.

ޓްރަމްޕަށް ދިން ހަމަލާއާ ގުޅިގެން ސީކްރެޓް ސާވިސްގެ ގާބިލުކަމާމެދު ސުވާލު އުފައްދައި، ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ. ނަމަވެސް ސީކްރެޓް ސާވިސްއިން އޭރު ބުނީ ޓްރަމްޕަށް ހަމަލާދިން ތޯމަސް މެތިއު ކްރޫކްސް، 20 ހަމަލާދީފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސަރަހައްދަކުން ކަމަށެވެ.

ކްރޫކްސް އެ ހަމަލާދިންތާ ސިކުންތުކޮޅެއްގެ ތެރޭގައި ސީކްރެޓް ސާވިސްއިން އޭނާއަށް ހަމަލާދީ މަރާލި އެވެ. އެއަށްފަހު، އެފްބީއައި އިން އަންނަނީ އެކި އިދާރާތަކާ ގުޅިގެން މުޅި މައްސަލަ ތަހުގީގު ކުރަމުންނެވެ.