Advertisement

ސަރުކާރުގެ ދެ ވަޒީފާއެއް އެކަކު އަދާކުރާތީ ތޮއްޑޫ ރައްޔިތުންގެ ކަންބޮޑުވުން

26 ޖުލައި 2024 - 15:04 3

މޫސާ ނާޝިއު

މ

Advertisement


ސަރުކާރުގެ ދެ ވަޒީފާއެއް އެކަކު އަދާކުރާތީ ތޮއްޑޫ ރައްޔިތުންގެ ކަންބޮޑުވުން

26 ޖުލައި 2024 - 15:04 3

Advertisement

Advertisement

އއ. ތޮއްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ މެމްބަރަކު، ދައުލަތުން އުޖޫރައެއް ލިބޭ ދެ ވަޒީފާ އެކަކު އަދާކުރަމުން ދާތީ އެކަމާ ތޮއްޑޫ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ދެ ވަޒީފާ އަދާކުރަމުންދާ މައްސަލަ ރައްދު ވަނީ ތޮއްޑޫ ޑަބްލިޔުޑީސީގެ މައިޝާ މުހައްމަދެެވެ. އޭނާއަކީ 2021 ގައި އެ ކޮމިޓީއަށް އިންތިހާބުކޮށްފައިވާ، އެ ކޮމިޓީގެ ނައިބު ރައީސް ވެސް މެ އެވެ.

Advertisement

ޑަބްލިޔުޑީސީގައި ހުއްޓާ އެ ރަށު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަކަށް ވެސް ސަރުކާރުން ވަނީ މައިޝާ ހަމަޖައްސާފަ އެވެ. މި ވަޒީފާގައި އުޅެމުން ވެސް، އޭނާ އަންނަނީ ޑަބްލިޔުޑީސީގައި މަސައްކަތް ކުރަމުންނެވެ.

ޑަބްލިއުޑީސީގެ ނައިބުކަން ކުރާ މީހަކަށް މަހެއްގެ މައްޗަށް މުސާރައަށް 5000 ލިބެއެވެ. އަދި ސިއްހީ މަރުކަޒުތަކުގެ ސީނިއާ އެޑްމިނިސްޓްރޭޓަރަކަށް މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 17500 ވަރު ލިބެ އެވެ.

މިކަމާ ގުޅޭގޮތުން، ނަނަ ނުޖަހާ ގޮތަށް ޝަރުތުކޮށް، އެ ރަށުން ވާހަކަ ދެއްކި މީހަކު "އަދަދު" ނޫހަށް ބުނީ މިކަމަކީ އެއްވެސް ހަމައަކާއި އުސޫލަކުން ކުރިޔަށް ދާ ކަމެއް ނޫން ކަމަށެވެ.

Advertisement

"އަސްލު އެއްވެސް އުސޫލަކުން އަދި އިންސާފަކުން ހިނގާ ކަމެއް ނޫން މީކީއެއް. ސަރުކާރުގެ ދެ ވަޒީފާއެއް ހަގީގަތުގައި އެއްވެސް މީހަކަށް ކުރެވިގެން ނުވާނެ." އޭނާ ބުންޏެވެ.

ހަމަ މި މޭރުމުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ހުރި ވަޒީފާއަށް ވުރެ ރަގަޅު ވަޒީފާއެއް ލިބުމުން ހުރި ވަޒީފާ ދޫކޮށްލުމަކީ އެންމެ ރަގަޅު ގޮތްކަމުގައި އޭނާ ގަބޫލުކުރާ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރުމުން ރަށުގެ އެހެން މީހަކަށް އެ ވަޒީފާގެ ފުރުސަތު ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ މީހާ ބުންޏެވެ.

"އޭނާ ކުރިން އެހުރި ވަޒީފާއަށް ވުރެ ދެ ގުނަ ރަގަޅު ވަޒީފާއެއް އެނާއަށް އެ ލިބުނީ. އެހެން ލިބުނީމަ ޑަބްލިއުޑީސީ އިން ވަކިވުމަކީ އަސްލު އެންމެ ރަގަޅު ގޮތް ދޯ. އެގޮތަށް ވަކިވީމަ ދެން އެ މަގާމަށް ދެން ރަށުގައި ތިބި އެހެން މީހުންނަށް ކުރިމަތިލާ އެ ވަޒީފާ އަދާކުރުމުގެ ހައްގު ލިބޭނެ، އެހެންނޫންތޯ ވާނީ؟." އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން މައިޝާ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ.

Advertisement

16.67%

0.00%

66.67%

16.67%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ހގދެ3

8 months ago

ދެރަ ނިކަމެއްޗަކަށް މިވަރު ލިބޭތީ ދައުލަތް ދަރާ ވިކެނީދޯ؟؟؟ ކޮބާ ކަސްޓަމްސް، ޕޮލިސް އަދި ސިފައިންގެއިން ރިޓަޔާ ކޮށްގެން 60،000ން މަތިން މުސާރަނަގާ ސިޔާސީ މީހުން.. އެމްބަސީ، ރައީސް އޮފީސް ، ސަރުކާރު ކުންފުނިތައް އަދި ސިޔާސީ އެތައް މަގާމެއްގަ މިއަދު އެބަތިބި އެމީހުން.. ކީއްވެ މިވާހަކަ ދައްކާނެ މީހަކު ނުވަނީ.. މަޖިލިސް މީހުން ކީއްވެ މިކަމާ ކަންބޮޑު ނުވަނީ.. ރައީސްމީހާ ފަޔަށް ހިނި އަރައިގެން ނޫޅެނީ ކީއްވެ؟؟ ޖަވާބު ބޭނުން

ޣތފ

8 months ago

ދ.ކުޑަހުވަދޫގަވެސް ޑަބްލިޔު ގަ އުޅުއްވާ ކަނބަލެއް، ކުނިކަހާތަނުން ވަޒީފާއެއް އަދާ ކުރާ ކަމަށް މީހުން ކިޔާ..

އެހެން މީހުން ގޯސް

8 months ago

ޕީއެސްއެމްގެ ވަޒީފާގަ އުޅޭމީހަކު މީޑިއާކައުންސިލްގެ ރައީސްގެ މަގާމުގަ މުސާރަ ނަގާއިރު ނޫސްވެރިންނަށް އޯކޭ. ޢެ ނުވޭ ދައުލަތުން ދެ މުސާރަ ދޭ ކަމަކަށް.