Advertisement

ގައްދޫގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދު

22 ޖުލައި 2024 - 20:51 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގދ. ގައްދޫ ހެލްތު ސެންޓަރު ހުންނަ މަގު: ގައްދޫގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ގައްދޫގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދު

22 ޖުލައި 2024 - 20:51 0

ގދ. ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.

އެ މައްސަލާގައި ރޭގެ ވަގުތެއްގައި ހައްޔަރުކުރީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މިރޭ ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރީ ގައްދޫގައި ހުންނަ މެޖިސްޓްރޭޓް ކޯޓަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ޖެހީ 15 ދުވަސް ކަމަށް ފުލުހުން ބުންޏެވެ.

އެ އިދާރާ އިން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.