Advertisement

ހުލާސާކޮށް އިއްޔެ: ފުޓްބޯޅަ ދަނޑު ޓޯޔާޑަކަށް

21 ޖުލައި 2024 - 06:23 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މާފަންނު ސްޓޭޑިއަމްގައި ފުޓްސަލް ކުޅެން ހާއްސަކުރި ދަނޑު މިހާރު ވަނީ ފުލުހުންގެ ޓޯޔާޑަކަށް ދީފައި. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ހުލާސާކޮށް އިއްޔެ: ފުޓްބޯޅަ ދަނޑު ޓޯޔާޑަކަށް

21 ޖުލައި 2024 - 06:23 0

ހަތަރު ބުރީގެ ފުޓްސަލް ދަނޑެއް އެޅުމަށް ދެކުނު ކޮރެއާގެ ކުންފުންޏަކާ ހަވާލުކުރި މާފަންނު ވެލި ދަނޑު ބޭނުން ކުރަމުން ދަނީ ފުލުހުންގެ ޓޯ ޔާޑެއްގެ ގޮތުގައި ކަމަށް، އިއްޔެ ރިޕޯޓުކުރި އެވެ.

ކުރިއާލައި ހުއްދަ ނުހޯދައި ގޮސް ފުޓުބޯޅަ ކުޅެލެވެން މާލޭގައި ހަމައެކަނި އޮތް މާފަންނު ބޯޅަ ދަނޑުގައި މިހާރު ހުރީ ހަތަރު ފުރޮޅުލީ އުޅަނދުތަކެއް ބަހައްޓައިފަ އެވެ. ޓާފް ސްޓޭޑިއަމްގެ ފަހަތުގައި އޮންނަ އެ ސަރަހައްދު ބަލަހައްޓަމުން ގެންދަނީ ވެސް ފުލުހުންނެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ފުލުހުންގެ ތަރުޖަމާނު، އަހުމަދު ޝިފާންއަށް ގުޅުމުން ވިދާޅުވީ އެ ސަރަހައްދު ބޭނުން ކުރަމުން ދަނީ ފުލުހުންގެ ޓޯ ޔާޑެއްގެ ގޮތުގައި ކަމަށާއި އެގޮތަށް އެ ސަރަހައްދު ބޭނުން ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

"މިހާރު ވަރަށް ގިނަ ދުވަސް ވެދާނެ އެތަން ބޭނުން ކުރާތާ، މިދިޔަ ރޯދަމަހުން ފެށިގެންހެން ހަނދާން ވަނީ،" ޝިފާން ވިދާޅުވި އެވެ.

17،000 އަކަފޫޓުގެ އެ ބިމުގައި ހަތަރު ބުރީގެ ފުޓްސަލް ދަނޑެއް އަޅަން އެފްއޭމް އިން 2020 ވަނަ އަހަރު ހަވާލު ކުރީ ސްކައިވިންޑް ގްލޯބަލް ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުންޏާއެކު ވީ އެއްބަސްވުމުގެ ދަށުން އެފްއޭމް މިހާރު ހިންގަމުންދާ އިމާރާތް ތަޅާލައި އެތަނުގައި 20 ބުރީގެ އިމާރާތެއް އެޅުމަށް ވެސް ހިމެނި އެވެ. އެ ދެ އިމާރާތް ނިމުމުން އާމްދަނީގެ ގޮތުގައި 90 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެފްއޭއެމްއަށް ލިބޭނެ ކަމަށް އޭރު ލަފާކުރި އެވެ.

ނަމަވެސް އެއިން އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެ އެވެ.

އޭގެފަހުން ވެލި ދަނޑުގައި ކުޅުންތެރިންގެ އެކޮމޮޑޭޝަން އިމާރާތެއް އަޅަން ފެށި އެވެ. އިމާރާތް އެޅި ފަޅި ނޫން އަނެއް ފަޅީގައި [ސިންތެޓިކް ސްޓޭޑިއަމް ފަޅީގައި] ބައެއް އެކަޑެމީތަކާއި ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދަން ޓާފް ވެސް އެޅި އެވެ. ނަމަވެސް އެ ތަން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ޓާފް މިހާރު އޮތީ ހަލާކުވެފަ އެވެ.

މުހިއްމު ބައެއް ހަބަރު