Advertisement

ޕޮސްޓެކޮގްލޫ އަށް އިންގްލެންޑްގެ ވަޒީފާގެ ހަބަރެއް ނެތް

19 ޖުލައި 2024 - 05:40 0


ޕޮސްޓެކޮގްލޫ އަށް އިންގްލެންޑްގެ ވަޒީފާގެ ހަބަރެއް ނެތް

19 ޖުލައި 2024 - 05:40 0

ލަންޑަން (ޖުލައި 19) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުގެ މަގާމާ ހަވާލުވެހުރި އޮސްޓްރޭލިއާގެ އަންގޭ ޕޮސްޓެކޮގްލޫ އަށް އިންގްލެންޑް ވަޒީފާ ހުށަހަޅާފައިވާ ކަމަށް ދެކެވޭ ވާހަކައާ ގުޅޭ އެއްވެސް ހަބަރެއް ލިބިފައިނުވާ ކަމަށް އޭނާ ބުނެފި އެވެ.

އިންގްލެންޑްގެ ކޯޗުކަމުން ގަރެތު ސައުތުގޭޓް އަށް އަހަރަށް ފަހު އަމިއްލަ އަށް ވަނީ އިސްތިއުފާދީފަ އެވެ. އެއާ އެކު، އިންގްލެންޑުން އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ގިނަ އަދަދެއްގެ ކޯޗުންގެ ނަންތައް އިންގްލެންޑްގެ އެފްއޭގެ ޓެކްނިކަލް ޓީމުން އަންނަނީ ދިރާސާ ކުރަމުންނެވެ. އޭގެ ތެރޭގައި ޓޮޓެންހަމްގެ ކޯޗު ޕޮސްޓެކޮގްލޫ ހިމެނޭ ކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވެ އެވެ.

"އަހަރެންނަށް ތިކަމުގެ މައުލޫމާތެއް ލިބިފައި ނެތް، އަހަރެން މި އުޅެނީ ޕްރީ ސީޒަނެއްގައި، ޔަގީންކަމާ އެކު ބުނެވޭނެ ކަމެއް އަހަންނަކީ ޓޮޓެންހަމްގެ ކޯޗު. މިއީ ހަގީގަތް،" ޕޮސްޓެކޮގްލޫ ބުންޏެވެ.

ކުރިން ސެލްޓިކަށް އިރުޝާދުދިން ޕޮސްޓެކޮގްލޫ، ޓޮޓެންހަމާ ހަވާލުވީ، މިދިޔަ ސީޒަނުގަ އެވެ. އެ ޓީމަށް ލީގުގެ ފަސް ވަނަ ހޯދައިިދިނެވެ. ޗެމްޕިއަންސް ލީގަށް ޓޮޓެންހަމް ކޮލިފައިނުވި ނަމަވެސް، ޕޮސްޓެކޮގްލޫ އަށް ޓޮޓެންހަމްގެ ބޯޑުން ވަނީ އިތުބާރު އޮތްކަމުގެ ޔަގީންކަން ދީފަ އެވެ.

އޮސްޓްރޭލިއާ ގައުމީ ޓީމުގެ ކޯޗަކަށް ވެސް މަސައްކަތްކުރި ޕޮސްޓެކޮގްލޫ އަށް އެހެން ކްލަބްތަކުގެ ހުށަހެޅުން ލިބުނު ނަމަވެސް، އޭނާ ހުރީ ޓޮޓެންހަމާ އެކު ކުރިއަށްދާށެވެ.

އިންގްލެންޑްގެ ކޯޗަކަށް ގެންނަން އިނގިރޭސި އެފްއޭ އިން އެންމެ ބޮޑަށް މަސައްކަތްކުރަނީ ނިއުކާސަލް ޔުނައިޓެޑްގެ ކޯޗު، އެޑީ ހޯވް އެވެ. އެކަމަކު، ނިއުކާސަލް އިން އޭނާ ދޫކޮށްލަން ބޭނުމެއް ނުވެ އެވެ. އިންގްލެންޑުން ދެން ވާހަކަ ދައްކާ ކޯޗުންނަކީ، ގްރަަހަމް ޕޮޓާ، މައުރީސިއޯ ޕޮޗެޓީނޯ އަދި ތޯމަސް ޓުޗެލް އެވެ.