Advertisement

ވޯކާ، 96 މެޗަށް ފަހު އިންގްލެންޑަށް ކުޅުން ހުއްޓާލައިފި

about 2 hours 0


ވޯކާ، 96 މެޗަށް ފަހު އިންގްލެންޑަށް ކުޅުން ހުއްޓާލައިފި

about 2 hours 0

ލަންޑަން (މާޗް 11) - އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ފުލްބެކް، ކައިލް ވޯކާ، އެ ޓީމަށް 96 މެޗު ކުޅެދިނުމަށް ފަހު، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފި އެވެ.

އިންގްލެންޑާ އެކު، ބޮޑު ފަސް މުބާރާތެއްގައި ކުޅެފައިވާ، މިހާރު އުމުރުން 35 އަހަރުގެ ވޯކާ، އެންމެ ފުރަަތަމަ އިންގްލެންޑަށް މެޗެއް ކުޅެދިނީ މީގެ 15 ވަރަކަށް އަހަރު ކުރިން 2011 ވަނަ އަހަރު އެެވެ. އެއީ، ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ.

އެންމެ ފަހުން، އިންގްލެންޑް މެޗެއްގައި ވޯކާ ކުޅެފައިވަނީ، މިދިޔަ އަހަރުގެ ޖޫން މަހު، އެކުވެރިކަމުގެ މެޗެއްގައި ސެނެގާލްއާ ދެކޮޅަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ކުރިމަތީގައި އޮއްވައި، ވޯކާ، ރިޓަޔާމަންޓް އިއުލާނުކުރީ، މި ވަގުތަށް ބަލާއިރު އެންމެ ރަނގަޅު ގޮތް ކަމަށް ބުނެ އެވެ. ވަރަށް ހިތާމައާ އެކު ނިންމަން ޖެހޭ ނިންމުމެއް ކަމަށް ބުނެ، ވޯކާ ފާހަގަކުރި ގޮތުގައި، އިންގްލެންޑަށް ކުޅުނު ކޮންމެ މެޗެއްގެ ހަނދާން އާ ކުރާނީ ފަހުރުވެރިކަމާ އެކު އެވެ.

ކްލަބް ކެރިއަރުގައި ޝެފީލްޑް ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާސް، އެސްޓަން ވިލާ އަދި މެންޗެސްޓާ ސިޓީ އަށް ކުޅުނު ވޯކާ މިހާރު ކުޅެނީ ބާންލީ އަށެެވެ. އިންގްލެންޑް ގައުމީ ޓީމާ އެކު، ވޯކާ ކުޅެފައިވާ ބޮޑެތި މުބާރާތްތަކަށް ބަލާއިރު، 2018 އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް، 2016، 2020 އަދި 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ހިމެނެ އެވެ.