19 ޖުލައި 2024 - 04:43 1
ލީވާން އަލީ ނާސިރު
ހަޔާ އެޑިއުކޭޝަން މިނިސްޓަރު މާރިޔާ: ކިޔަވާ ކުދިންނަށް ލިބޭ އިލްމަކީ ގައުމީ އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވި -- ފޮޓޯ: ހަޔާ އެޑިއުކޭޝަން
19 ޖުލައި 2024 - 04:43 1
ގައުމުން ބޭރުގައި ކިޔަވަމުންދާ ކުދިންނަށް ލިބޭ އިލްމާއި ހުނަރުގެ އިތުރުން ތަޖުރިބާއަކީ ހަމައެކަނި ކުދިންގެ މުސްތަގުބަލު ބައްޓަންކޮށްދޭ އެއްޗެއް ނޫން ކަމަށާއި އެއީ ގައުމީ އިންވެސްޓްމަންޓެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ރޭ ވިދާޅުވެއްޖެ އެވެ.
ހުރަވީ ސްކޫލްގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި، ހައި އެޗީވާސް ސްކޮލަޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ ބޭރުގައި ކިޔަވާ ކުދިން އިހްތިޔާރުކުރާ ދާއިރާއަކީ ގައުމަށް އެންމެ ފައިދާހުރި، އެންމެ ބޭނުންތެރި ދާއިރާއަކަށް ހެދުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"މި ލޮބުވެތި ގައުމުން ތިޔަ ދަރިވަރުންނަށް ކުރާ ހޭދައަށްވުރެ މަތީ ދަރަޖައަށް ތިޔަ ކުދިންގެ ހިދުމަތަށް އެދި މި ގައުމު ގޮވަމުންދާކަން. އާދެ 21 ވަނަ ގަރުނަށް ބޭނުންވާ އިލްމާއި ދިރިއުޅުމަށް ބޭނުންވާ މަސައްކަތުގެ ހުނަރާއި ސިފަތަކާއި އަހްލާގު އަޅުގަނޑުމެންގެ ކިބައިގައި އަށަގަންނުވަން އެބަ ޖެހޭ،" މާރިޔާ ވިދާޅުވި އެވެ.
ދުނިޔެ ދަނީ ވަރަށް ބޮޑަށް ބަދަލުވެ ކުރިއަރަމުންކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ ބަވަނަވުމުގެ ސަބަބުން ރާއްޖޭގެ ވެށީގެ ކުރިމަގު ފަނޑުވަމުންދާތަން ފެންނަމުންދާ ކަމަށާއި ނަމަވެސް ކޮންމެ ގައުމަކުން ދަރިވަރުން ކިޔެވިޔަސް ފުރިހަމަ މުސްލިމުންކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ.
މާރިޔާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔެވުމަކީ ހަމައެކަނި އިލްމު ހޯދުމަށް ލިބޭ ފުރުސަތަކަށްވުރެ މާ ބޮޑުކަމެއް ކަމަށާއި އެއީ ކުރިއެރުމާއި ހޯދުމުގެ ދަތުރެއްގެ އިތުރުން ތަފާތު ސަގާފަތެއްގެ ތެރެއަށްވަދެ އުނގެނުމަށް އޮތް މަގެއް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތުން ކުރިމަުގައި ރާއްޖެއިން ފެންނާނީ އުފާވެރި ފުދުންތެރި، އިލްމީ އަދި ގާބިލް ޖީލެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޙހހގ
8 months ago
އެހެންވެ ރަނގަޅަށް އޭބީސީ ނޭގޭ ކުދިން ސަރުކާރުމަތީ މަގާމްތަކަށް ލަނީ... އިންވެސްޓްނުކޮށް މިކަހަލަ މީހުން ލިބެންޏާ ސަޅި ނޫންތޯ؟؟ މުޒާހަރާއަކީ ޑިޕްލޮމާ ލެވެލް، ޑިގުރީ އެއީ ޓުވިޓާގަ އވގރނ ގޮވުން.. މާސްޓަރސް އެއީ ސިޔާސީ ކަމެއްގަ ބަންދެއް ވުން.. ޕީއެޗްޑީ އެއީ ކުރިން މަގާމެއް ލިބި ހެސްކިޔާފަ ވައްކަން ކުރުން.. މިވަރުން ފުދޭނެތޯ؟؟؟
Comment