Advertisement

ކާނާ ވިހަވީ މަސް ކައިގެން؛ އެކަކުގެ ހާލު އަދިވެސް ސީރިއަސް

18 ޖުލައި 2024 - 10:18 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކާނާ ވިހަވެގެން ޕޮލިސް ކޮލެޖުގެ ދަރިވަރުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ރޭ ގެންދިޔަ ވަގުތު -- ފޮޓޯ: ކިޔުންތެރިއެއް


ކާނާ ވިހަވީ މަސް ކައިގެން؛ އެކަކުގެ ހާލު އަދިވެސް ސީރިއަސް

18 ޖުލައި 2024 - 10:18 0

އައްޑޫ ޕޮލިސް ކޮލެޖުގެ ދަރިވަރުންތަކެއް ކާނާ ވިހަވީ ރޭ އެ މީހުން ކެއި މަހެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން "އަދަދު" އަށް ބުނެފި އެވެ.

ކާނާ ވިހަވި ދަރިވަރުންގެ ތެރެއިން މި ވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ ދެ ދަރިވަރުންނަށެވެ. އޭގެ ތެރެއިން އެކަކުގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައްޑޫ ހޮސްޕިޓަލުގެ ސީއީއޯ، ޑރ. އިބްރާހިމް ޔާސިރު ވިދާޅުވި އެވެ.

ކާނާ ވިހަވެގެން ރޭ ޕޮލިސް ކޮލެޖުގެ 32 ދަރިވަރަކު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެ ހުރިހާ ދަރިވަރުންނަށް ވެސް ދިމާވީ ނޭވާ ހާސްވުމުގެ މައްސަލަ ކަމަށް ޑރ. ޔާސިރު ވިދާޅުވި އެވެ.

ހޮސްޕިޓަލަށް ރޭ ގެންދިޔަ ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކު ފިޔަވައި އެހެން ދަރިވަރުން މިހާރު ދޫކޮށްލައިފައިވާ ކަމަށް އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު، އަދި ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވި އެވެ.

"އޭގެ ތެރެއިން ދެ ދަރިވަރަކު ފިޔަވައި އެހެން އެންމެ ވަނީ ދޫކޮށްލާފައި. އެ ދެ ދަރިވަރު އޮތީ އައިސީޔޫގައި،" ޝިފާން ވިދާޅުވި އެވެ.

ރޭ ހޮސްޕިޓަލަށް ގެންދިޔަ ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރަކަށް އައިސީޔޫގައި ފަރުވާ ދިނެވެ.