Advertisement

އައްޑޫގައި ފިހާރައަކަށް ވަދެ ބިރުދައްކާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފި

16 އޮކްޓޯބަރު 2024 - 22:28 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް: ފޭރުނު މައްސަލާގައި ހައްޔަރުކުރީ ދެ ފިރިހެނުން --- ފޮޓޯ: ވިޒިޓް މޯލްޑިވްސް


އައްޑޫގައި ފިހާރައަކަށް ވަދެ ބިރުދައްކާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފި

16 އޮކްޓޯބަރު 2024 - 22:28 1

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފިހާރައަކަށް ވަދެ ސޭޓަށް ބިރުދައްކާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އޮކްޓޯބަރު 14، ގައި ރިޕޯޓުކުރި މި މައްސަލާގައި ހައްޔަރުކުރީ 40 އަހަރު އަދި 31 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށެވެ.

މީގެ ތެރެއިން 41 އަހަރުގެ މީހާ އިއްޔެ ހައްޔަރުކުރިއިރު އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހާފަ އެވެ. ދެވަނަ މީހާ ހައްޔަރުކުރީ މިއަދެވެ. މި ދެ މީހުން ވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ފޭރުނު ތަކެތީގެ ތަފުސީލެއް އަދި ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.

މި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން ފޭރުނު ދެ މީހުން ސޭޓަށް ބިރުދެއްކީ ލަކުޑި ބުރިއަކާއި ވަޅިއެއް ބޭނުންކޮށްގެނެވެ.