Advertisement

ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވަގަށް ނެގި ތަކެއްޗާއެކު ތިން މީހުން ހައްޔަރުކޮށްފި

ވައްކަމުގެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ތިން މީހުން -- ފޮޓޯ: ފުލުހުން


ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވަގަށް ނެގި ތަކެއްޗާއެކު ތިން މީހުން ހައްޔަރުކޮށްފި

މާވެޔޮ މަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ވަގަށް ނެގި ތަކެއްޗާއެކު ތިން މީހުން ހައްޔަރު ކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ހައްޔަރު ކޮށްފައި ވަނީ ގދ. ވާދޫ، އަތަމާގޭ، އިހުސާން އިބްރާހިމް 26 އާއި ހަމަ އެރަށު، ލިލީގެ، މުހައްމަދު ސޮބާހު 46 އާއި ރ. އިނގުރައިދޫ، ދަނބުރުއްދަށުގޭ، އިބްރާހިމް މުހައްމަދު ރަޝީދު ކަމަށެވެ.

ފުލުހުން ބުނީ ދޮރު ހަލާކު ކޮށްލައިގެން ފިހާރައަކަށް ވަދެ ވައްކަން ކޮށްފައިވާކަން އެނގުނީ ރޭ ފަތިހު 4:20 ހާއިރު، އެ ސަރަހައްދު ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް ކަމަށެވެ.

އެކަން ކުރި މީހުން އަތުލައިގަތީ އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުތައް ބަލައިގެން ކަމަށާއި އެމީހުންނާ އެކު އެ ފިހާރައިން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާ އާއި ސިނގިރޭޓު ކާޓަންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އިހުސާން އިބްރާހިމް 30 ދުވަހަށް، ދެން ތިބި ދެމީހުން 15 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.