Advertisement

ބަންގްލަދޭޝްގައި ދަރިވަރުން ކުރާ މުޒާހަރާގައި ފަސް މަރު

17 ޖުލައި 2024 - 09:43 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބަންގްލަދޭޝްގައި ދަރިވަރުން ކުރާގެ ތެރެއިން: މުޒާހަރާގައި ފަސް މީހުން ވަނީ މަރުވެފައި -- ފޮޓޯ: ރޮއިޓާސް


ބަންގްލަދޭޝްގައި ދަރިވަރުން ކުރާ މުޒާހަރާގައި ފަސް މަރު

17 ޖުލައި 2024 - 09:43 0

ބަންގްލަދޭޝްގައި ދަރިވަރުން ކުރަމުންދާ މުޒާހަރާގައި ފަސް މީހަކު މަރުވެއްޖެ އެވެ.

ދަރިވަރުން އެ މުޒާހަރާ ކުރަމުންދަނީ 1971 ގެ ހަނގުރާމާގައި ބައިވެރިވި ބަންގްލަދޭޝް ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓު ދޭން ނިންމުމާ ގުޅިގެންނެވެ.

އެ މުޒާހަރާގައި ސަރުކާރަށް ތާއީދުކުރާ ޒުވާން ސަޕޯޓަރުންނާއި ފުލުހުން ވަނީ ދަރިވަރުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގައިފަ އެވެ. އެ ހަމަނުޖެހުމުގައި 100 އަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ.

މިއީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މިދިޔަ ޖެނުއަރީގައި ހަތަރު ވަނަ ދައުރަކަށް އިންތިހާބުވި ފަހުން، އެ ގައުމުގައި ކުރަމުން އަންނަ އެންމެ ބޮޑު މުޒާހަރާ އެވެ.

ބަންގްލަދޭޝްގައި ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެފައިވާ ދަނޑިވަޅެއްގައި، ސަރުކާރުގެ ވަޒީފާ ވަކި ބަޔަކަށް ދޭން ނިންމުމާ ގުޅިގެން އެ ގައުމުގެ ރައްޔިތުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ބަންގްލަދޭޝްގައި ކޮންމެ އަހަރަކު ހަތަރު ލައްކަ ދަރިވަރުން ގްރެޖުއޭޓްވެ އެވެ. ނަމަވެސް އޭގެ ތެރެއިން ވަޒީފާ ލިބެނީ އެންމެ 3،000 ދަރިވަރުންނަށެވެ.