Advertisement

ބަންގްލަދޭޝްގައި ދިވެހި ދެ އަންހެން ޑޮކްޓަރަކަށް ހަމަލާދީފި

31 އޮގަސްޓު 2024 - 21:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބަންގްލަދޭޝްގެ ޝިޓަގޮން މެޑިކަލް ކޮލެޖު: ދިވެހި ދެ ޑޮކްޓަރަކަށް އެ ހޮސްޕިޓަލުގައި ވަނީ ހަމަލާދީފައި


ބަންގްލަދޭޝްގައި ދިވެހި ދެ އަންހެން ޑޮކްޓަރަކަށް ހަމަލާދީފި

31 އޮގަސްޓު 2024 - 21:51 0

ބަންގްލަދޭޝްގެ ޗިޓަގޮންގައިި ހުންނަ މެޑިކަލް ކޮލެޖުގެ އިންޓާންއަކަށް މަސައްކަތް ކުރަމުންދިޔަ ދެ ދިވެހި ޑޮކްޓަރަކަށް ހަމަލާދީފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ މެޑިސިން ކިޔަވަމުންދިޔަ އެ ދެ އަންހެން ޑޮކްޓަރުންނަށް ހަމަލާދިނީ ބަލި މީހަކާ މެދު ހޮސްޕިޓަލުން ދިން ފަރުވާއާ މެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ.

"ޕޭޝަންޓަކަށް ހޮސްޕިޓަލުން ދިން ފަރުވާއާ ދޭތެރޭގައި ހިތްހަމަނުޖެހިގެން ރުޅިގަދަވެގެން އެ ރުޅި ބޭލީ އެތަނުގައި ތިބި ޑޮކްޓަރުންނަށް. އެތަނުގައި އެވަގުތު ޑިއުޓީގައި ތިބީ އަޅުގަނޑުމެންގެ ދެ ޑޮކްޓަރުން. އެއީ ވީ ގޮތަކީ،" ނަޒީރު ވިދާޅުވި އެވެ.

އެ ދެ ޑޮކްޓަރުންގެ ރަަހުމަތްތެރިންނާ ހަވާލާދީ ނަޒީރު ވިދާޅުވީ ހަމަލާގެ ސަބަބުން ދެ ޑޮކްޓަރުންނަށް ވެސް މާ ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

އެ ހާދިސާ ހިނގި ގޮތް ހަޔާ އެޑިއުކޭޝަނުން ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ބަލައި، ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ނަޒީރު ވިދާޅުވި އެވެ.

އޭގެ އިތުރުން ނަޒީރު ވިދާޅުވީ އެކަމާ ގުޅިގެން ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި ކިޔަވާ އިތުރު ދަރިވަރުންނަށް ގުޅައި ހާލު ބަލެމުން، އެއްވެސް ކަމެއް އެހެން ތަނެއްގައި ދިމާނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަޒީރު ވިދާޅުވީ ދެ ޑޮކްޓަރުންނަށް ހަމަލާދިން މައްސަލަ ފޮރިން މިނިސްޓްރީއާ ގުޅިގެން ވަރަށް ގާތުން ހަޔާ އެޑިއުކޭޝަނުން ބަލަމުންދާނެ ކަމަށެވެ.