Advertisement

މުބާރާތައް ނުކުތްއިރު ވެސް ވެމްކޯ އަށް ޕްރެޝަރު އޮތް: ބޭބެ

14 ޖުލައި 2024 - 13:47 0

އަތޫފް އާތިފް

އަތޫފް އާތިފް

ވެމްކޯގެ ކޯޗު އަދީލް: އޭނާ ވަނީ މި ފަހަރުގެ ކާމިޔާބީއާ އެކު ހިތްވަރެއް ލިބިފައިވާ ކަމަށް ބުނެފައި.


މުބާރާތައް ނުކުތްއިރު ވެސް ވެމްކޯ އަށް ޕްރެޝަރު އޮތް: ބޭބެ

14 ޖުލައި 2024 - 13:47 0

މި ފަހަރުގެ އެސޯސިއޭޝަން ކަޕަށް ކްލަބް ވެމްކޯ ނުކުތްއިރު ވެސް އެ ޓީމަށް ޕްރެޝަރު އޮތް ކަމަށާއި, މި ކާމިޔާބީ އަކީ އެ ޕްރެޝަރުތަކާ އެކު ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ހޯދި ކާމިޔާބީ އެއް ކަމަށް ވެމްކޯގެ ކޯޗު، އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.

ރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗު ވެމްކޯ އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މީގެ ކުރީ ތިން ފަހަރު ވެސް ވެމްކޯ އިން ތަށި ކާމިޔާބުކުރީ ޕޮލިސް ކުލަބް ބަލިކޮށެވެ. މެޗުގެ ސެޓުތައް ދިޔައީ، 25-19، 25-23، 13-25 އަދި 25-21 އިންނެވެ.

މި މެޗަށްފަހު "އަދަދު" އާ ވާހަކަ ދައްކަމުން އަދީލް ބުނީ މި މުބާރާތައް ވެމްކޯ ނުކުތްއިރު, ވެސް އެ ޓީމަށް ޕްރެޝަރު އޮތް ކަމަށެވެ. ހާއްސަކޮށް މިދިޔަ ތިން އަހަރު އެސޯސިއޭޝަން ކަޕް ވެމްކޯ އިން ކާމިޔާބު ކޮށްފައިވުމާ އެކު, މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރަން ކުޅުންތެރިން ތިބީ އަޒުމު ކަނޑައަޅާފައި ކަމަށެވެ.

"އަސްލު މި މުބާރާތައް ވެމްކޯ އިން ނުކުތްއިރު ވެސް ޕްރެޝަރު އޮތް. މިދިޔަ ތިން އަހަރު ޗެމްޕިއަންކަން ހޯދައިފައި އޮތުމުން. އެހެންވެ ކުޅުންތެރިން ތިބީ އިތުރު ފަހަރަކު މި މުބާރާތް ކާމިޔާބުކުރަން ވެގެން. އެއީ ޓީމަށް އޮތް ޕްރެޝަރެއް" އަދީލް ބުންޏެވެ.

އަދީލް ބުނީ ގްރޫޕް ސްޓޭޖުގައި ވެމްކޯ އަށް ފަސޭހަ މެޗުތައް ލިބުމުން ކުޅުންތެރިން އަށް ޕްރެޝަރު މެޗުތަކަށް އައިއިރު, އުނދަގޫތަކެއްވި ކަމަށެެވެ.

އެކަމަކު, ސެމީ ފައިނަލުގައި ރަނގަޅު މެޗެއް ލިބުން އެއީ ފައިނަލް މެޗުގައި ޕްރެޝަރު ދަނޑިވަޅުތަކުގައި ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅު ކުރަން ލިބުނު ފިލާވަޅެއް ކަމަށް އަދީލް ގަބޫލުކުރެ އެވެ.

އަދީލް ބުނީ މި ކާމިޔާބީއާ އެކު ވެސް ވެމްކޯ އިން ފަހަތައް ނުޖެހޭނެ ކަމަށާއި، ދެން ހުރި މުބާރާތްތަކުގައި ވެސް ކާމިޔާބު ތަކުރާރު ކުރަން ވެމްކޯ އޮތީ ތައްޔާރަށް ކަމަށެވެ.