Advertisement

މާރާމާރީއާ ގުޅިގެން ނޫނޭޒް ހިމެނޭ ގޮތަށް 11 ކުޅުންތެރިންގެ މައްސަލަ ބަލަނީ

12 ޖުލައި 2024 - 16:22 0

އުރުގުއޭ އާއި ކޮލަމްބިއާ މެޗަށް ފަހު ހިނގި މާރާމާރީ: 11 ކުޅުންތެރިންގެ މައްސަލަ ވަނީ ބަލަން ފަށައިފައި.


މާރާމާރީއާ ގުޅިގެން ނޫނޭޒް ހިމެނޭ ގޮތަށް 11 ކުޅުންތެރިންގެ މައްސަލަ ބަލަނީ

12 ޖުލައި 2024 - 16:22 0

ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 12) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކޮލަމްބިއާ އަތުން އުރުގުއޭ ބަލިވި މެޗަށް ފަހު، ކޮލަމްބިއާގެ ސަޕޯޓަރުންނާއި އުރުގުއޭގެ ކުޅުންތެރިންނާ ދެމެދު ހިނގި މާރާމާރީއާ ގުޅިގެން، އުރުގުއޭގެ 11 ކުޅުންތެރިއެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން، ކޮންމެބޯލުން ބުނެފި އެވެ.

ކޮލަމްބިއާ އަތުން 1-0 އިން އުރުގުއޭ ބަލިވި މެޗުގައި، އުރުގުއޭގެ ކުޅުންތެރިންގެ އާއިލާ ތިބި ސަރަހައްދާ ގާތުގައި، ކޮލަމްބިއާގެ ސަޕޯޓަރުން ތިބި އެވެ. މެޗަށް ފަހު، މައްސަލަ ހޫނުވީ، އުރުގުއޭގެ ކުޅުންތެރިންގެ އާއިލާއާ ކޮލަމްބިއާގެ ސަޕޯޓަރުން ދިމާކުރަން ފެށުމުންނެވެ. އެ ހިސާބުން، އުރުގުއޭގެ ކުޅުންތެރިން ވަނީ، ސަޕޯޓަރުންގެ ތެެރެއަށް ގޮސް، އާއިލާގެ ދިފާއުގައި މާރާމާރީ ހިންގައިފަ އެވެ.

އެ ގޮތުން، ވީޑިއޯތަކުން ފެންނަ ގޮތުގައި، އުރުގުއޭގެ ފޯވާޑް، ޑާވިން ނޫނޭޒް އާއި ދެ ޑިފެންޑަރުން، ކަމަށްވާ ޖޯސޭ ހިމެނޭޒް އާއި ރޮނާލްޑް އަރައުހޯ ވަނީ ކޮލަމްބިއާގެ ސަޕޯޓަރުންނާ ކުރިމަތިލައިފަ އެވެ.

ކޮންމެބޯލް އިން ބުނީ، ކޮލަމްބިއާ އާއި އުރުގުއޭ ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ކަންތައްތަކުގެ ތަހުގީގު ފަށާފައިވާ ކަމަށާއި މި މައްސަލައިގައި ޝާމިލުވާ ކުޅުންތެރިންނަށް ޖަވާބުދާރީވާން ފުރުސަތު ވެސް ދީފައިވާ ކަމަށެވެ.

އުރުގުއޭ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، އިގްނާޝިއޯ އަލޮންސޯ ވިދާޅުވީ، އުރުގުއޭގެ 11 ކުޅުންތެރިންގެ މައްސަލައިގައި ޖަވާބުދާރީވާން އަންނަ ބުދަ ދުވަހުގެ ނިިޔަލަށް ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އެކި ކުޅުންތެރިންނާ ގުޅޭގޮތުން، ބަލަނީ އެކި މައްސަލަ ކަމަށް ވެސް އަލޮންސޯ ވިދާޅުވެފައިވެ އެވެ.

މައްސަލަ ބަލަމުން އަންނަ އުރުގުއޭގެ 11 ކުޅުންތެރިންނަކީ، ނޫނޭޒް، ހިމެނޭޒް އަދި އަރައުހޯގެ އިތުރުން، މަތިއަސް އޮލިވޭރާ، ރޮޑްރީގޯ ބެންޓަންކޫރު، ސަންޓިއާގޯ މެލޭ، ސަބެސްޓިއަން ކަސޭރެސް، އެމިލިއާނޯ މާޓިނޭޒް، މަޓިއަން ވީން، ބްރިއަން ރޮޑްރިގޭޒް އަދި ފަކުންޑޯ ޕެލެސްޓްރީ އެވެ.

އުރުގުއޭގެ ތަޖުރިބާކާރު ފޯވާޑް، ލުއިސް ސުއަރޭޒް ބުނީ، ކުޅުންތެރިން ދިޔައީ އާއިލާ ހިމާޔަތްކުރަން ކަމަށާއި އެ ވަގުތު އާއިލާ އަށް ޓަކައި ކޮންމެ ފިޔަވަޅެއް ވެސް އަޅަން ޖެހުނީ އެކަށީގެންވާ ސެކިއުރިޓީ ނުދެވިގެން ކަމަށެވެ.