Advertisement

އެމްއޭސީއެލްއިން ދީފައިވާ ހިދުމަތްތަކަށް ލިބެން ޖެހޭ 776 މިލިއަން ރުފިޔާ އޮތީ ނުލިބި: އޮޑިޓް ރިޕޯޓް

11 ޖުލައި 2024 - 14:16 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓުތަކެއް ޕާކުކޮށްފައި. އެންމެ ގިނަ އަދަދަކަށް އެމްއޭސީއެލްއަށް ފައިސާ ދޭން ޖެހެނީ އައިލެންޑް އޭވިއޭޝަނުން --- ފޮޓޯ: ވީއައިއޭ


އެމްއޭސީއެލްއިން ދީފައިވާ ހިދުމަތްތަކަށް ލިބެން ޖެހޭ 776 މިލިއަން ރުފިޔާ އޮތީ ނުލިބި: އޮޑިޓް ރިޕޯޓް

11 ޖުލައި 2024 - 14:16 0

ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދީފައިވާ ހިދުމަތްތަކަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 2021 ގެ ނިޔަލަށް އެ ކުންފުންޏަށް 776,095,937ރ. ލިބިފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އާންމުކުރި އެ ކުންފުނީގެ 2021 ވަނަ އަހަރުގެ މާލީ ހިސާބުކިތާބުގެ އޮޑިޓުން ދައްކައިފި އެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެ ފައިސާގެ ތެރެއިން 45 ޕަސެންޓު ފައިސާ ދޭން ޖެހެނީ ގައުމީ އެއާލައިން, މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްއިންނެވެ.

ލިބެން ޖެހޭ ފައިސާގެ އަދަދު

  • އައިލެންޑް އޭވިއޭޝަން - 351,605,122ރ.
  • ހުޅުލެ އައިލެންޑް ހޮޓެލް - 28,356,783ރ.
  • އެސްޓީއޯ - 4,598,996ރ.
  • މޯލްޑިވްސް ޕޯސްޓް ލިމިޓެޑް - 2,756,502ރ.
  • އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑް - 2,557,305ރ.
  • އެހެނިހެން 504 ކުންފުންޏެއް - 386,212,229ރ.

އެ ފައިސާގެ ތެރެއިން 43 މިލިއަން ރުފިޔާއަކީ ނުލިބި ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފައިސާ އެވެ. އެއް އަހަރާއި ދެ އަހަރާއި ދެމެދު ނުލިބި ހުރި ފައިސާގެ އަދަދު 540 މިލިއަނަށް އަރަ އެވެ.

އެމްއޭސީއެލްއަށް ލިބެން ޖެހޭ ފައިސާގެ 52 ޕަސެންޓު ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. އިންޓަނޭޝަނަލް އެއާލައިންތަކާއި ކުންފުނިތަކުން އޭގެ 34 ޕަސެންޓު ހިއްސާކުރާއިރު ރާއްޖޭގެ އަމިއްލަ ކުންފުނިތަކުން 13 ޕަސެންޓު ހިއްސާކުރެ އެވެ. ބާކީ އެއް ޕަސެންޓަކީ ސަރުކާރުން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާ އެވެ.