Advertisement

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައިފި

9 ޖުލައި 2024 - 19:26 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރާއްޖެއަށް އޮޅުވާލައިގެން އެތެރެވާން އުޅުނު ހަތަރު ބިދޭސީން: އެ މީހުންގެ ވަނަވަރު އާންމު ނުކުރޭ -- ފޮޓޯ؛ އިމިގްރޭޝަން


އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައިފި

9 ޖުލައި 2024 - 19:26 1

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ހަތަރު ބިދޭސީން އިމިގްރޭޝަނުން ހުއްޓުވައިފި އެވެ.

އިމިގްރޭޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ބުދަ ދުވަހު ތިން މީހުން ހުއްޓުވާފައިވާ ކަމަށެވެ.

ހުއްޓުވާފައިވާ ބިދޭސީންގެ ތެރޭގައި ހިމެނެނީ 22އ، 28އ، 25އ އަދި 31އ ގެ ބިދޭސީންނެވެ. ނަމަވެސް އެ މީހުންގެ ތަފްސީލެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން އަދި ރާއްޖެއަށް އެތެރެވާ ބިދޭސީން ގަވައިދަށް ފެތިފައިވޭތޯ ބެލުމަށް އިމިގްރޭޝަނުން އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.

އެގޮތުން ރާއްޖޭގައި ވިޔަފާރި ކުރާ، ގަވައިދާ ހިލާފަށް އުޅޭ އަދި ގާނޫނާ ހިލާފު އަމަލުތައް ހިންގާ ބިދޭސީން ފާހަގަކޮށް އެމީހުން އަންނަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ.