Advertisement

ފަސް ގައުމެއްގެ ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

8 ޖުލައި 2024 - 16:25 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ތުރުކީއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ރައީސް މުއިއްޒުއަށް ފަތްކޮޅު އަރުވަނީ: މިއަދު އިތުރު ހަތަރު ގައުމެއްގެ ސަފީރުން ފަތްކޮޅު އެރުވި - ފޮޓޯ: ރައީސް އޮފީސް


ފަސް ގައުމެއްގެ ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

8 ޖުލައި 2024 - 16:25 0

ފަސް ގައުމަކުން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.

މިއަދު ހެދުނު ރައީސް އޮފީހުގައި ވަކި ވަކިން ބޭއްވި ހާއްސަ ރަސްމިއްޔާތުތަކެއްގައި ރައީސް އަށް ފަތްކޮޅު އަރުވާފައިވަނީ، ދެކުނު ކޮރެއާ، ތައިލެންޑު، ރޯމޭނިއާ، ތުރުކީ އަދި އުރުދުން އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރުންނެވެ.

މި ރަސްމިއްޔާތުތަކަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.

އަލަށް ކަނޑައެޅި ސަފީރުން

  • ކޮރިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ މިޔޮންގް
  • ތައިލެންޑުން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ޕައިޓޫން މަހާޕަންނާޕޮން
  • ރޯމޭނިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ސްޓެލުޓާ އާރިހަޔާ
  • ތުރުކީއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ސެމީ ލުޓްފު ޓުރްގުޓް
  • އުރުދުން އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ޑރ. މައެން ހުރައިސަތު

މި ހުރިހާ ގައުމަކުންވެސް ރާއްޖެއަށް ކަނޑައަޅާފައިވަނީ ނޮން-ރެސިޑެންޓް ސަފީރުންނެވެ. އެގޮތުން އުރުދުން ފިޔަވާ އެހެން ހުރިހާ ގައުމެއްގެ ސަފީރުން މަސައްކަތް ކުރައްވާނީ ލަންކާގެ ވެރިރަށް ކޮލަމްބޯގަ އެވެ. އުރުދުންގެ ސަފީރު މަސައްކަތް ކުރައްވާނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގަ އެވެ.