Advertisement

އަނިޔާއާ ހެދި ސްޕެއިންގެ ޕެޑްރީ އަށް ޔޫރޯ ނިމިއްޖެ: ރިޕޯޓް

6 ޖުލައި 2024 - 09:08 0


އަނިޔާއާ ހެދި ސްޕެއިންގެ ޕެޑްރީ އަށް ޔޫރޯ ނިމިއްޖެ: ރިޕޯޓް

6 ޖުލައި 2024 - 09:08 0

ހެމްބާގް (ޖުލައި 6) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި، ޖަރުމަނު އަތުން ސްޕެއިން މޮޅުވި މެޗުގައި، އެ ޓީމުގެ ޕެޑްރީ ގޮންޒާލޭޒް ކަކުލަށް ލިބުނު އަނިޔާއަކާ ހެދި އޭނާ އަށް ދެން މި ފަހަރުގެ މުބާރާތުގައި ނުކުޅެވޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސްޓުޓްގާޓް އެރީނާގައި ރޭ ކުޅުނު މެޗު ފަށައިގެން 53 ސިކުންތު ތެރޭގައި، ސްޕެއިނުން ލަނޑު ޖަަަހަން ރަނގަޅު ފުރުސަތެއް ހޯދި އެެވެ. އެ ގޮތުން، ޖަރުމަނުގެ އޭރިއާތެރެއިން ސްޕެއިނުގެ ކެޕްޓަން، އަލްވާރޯ މޮރާޓާ އެ ޓީމުގެ މިޑްފީލްޑަރު، ޕެޑްރީ ރޮޑްރިގޭޒަށް ދިން ބޯޅަ އޭނާ އެއް ފަަހަރުން ފޮނުވާލިއިރު، ޖަރުމަނުގެ ކީޕަރު، މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ.

އެ ފުރުސަތު ގެއްލުނުތާ އިރުކޮޅެއް ފަހުން، ޕެޑްރީ އަށް ޖަރުމަނުގެ މިޑްފީލްޑަރު، ޓޯނީ ކްރޫސް ކުރި ފައުލަކަށް ރެފްރީ، އެންތަނީ ޓޭލާ ރީނދޫ ކާޑެއް ނުދެއްކުމުން، ސްޕެއިނުގެ ކުޅުންތެރިންނާއި ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ވަނީ، ހިތްހަަމަނުޖެހުން ފާޅުކޮށްފަ އެވެ. ކްރޫސްގެ އެ ފައުލުން، ލިބުނު އަނިޔާއާ ހެދި ޕެޑްރީ ވަނީ އަށް ވަނަ މިނިޓްގައި ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ޑެނީ އޮލްމޯ އެވެ. އޮލްމޯގެ މަސައްކަތާ އެކު ސްޕެއިނުން ވަނީ ޖަރުމަނު އަތުން 2-1 އިން މޮޅުވެ، ސެމީ ފައިނަލަށް ދަތުުރުކޮށްފަ އެވެ.

އެކަމަކު، ސެމީގައި ޕެޑްރީ އަށް ނުކުޅެވޭނެ އެވެ. އެއީ އޭނާގެ ކަކުލަށް ލިބުނު އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްގެ ނަތީޖާ އިން އެނގޭގޮތުގައި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އޭނާ ފިޓްވުމުގެ ފުރުސަތެއް ނެތެވެ.