Advertisement

ޑެޝޯމްޕްސް ބުނަނީ ޕޯޗުގަލް އަކީ "ގޮތް ނޭނގޭ" ޓީމެއް ކަމަށް

5 ޖުލައި 2024 - 14:18 0


ޑެޝޯމްޕްސް ބުނަނީ ޕޯޗުގަލް އަކީ "ގޮތް ނޭނގޭ" ޓީމެއް ކަމަށް

5 ޖުލައި 2024 - 14:18 0

ހެމްބާގް (ޖުލައި 5) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި މިރޭ ފްރާންސް އާޢި ޕޯޗުގަލް ކުރިމަތިލާއިރު، ޕޯޗުގަލް އަކީ ގޮތް ނޭނގޭ ޓީމެއް ކަމަށާއި މެޗު ވަރަށް ވާދަވެރިވާނެ ކަމަށް ބެލެވޭ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ފްރާންސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16 ގެ ބުރުގައި ބެލްޖިއަމް އަތުން 1-0 އިން މޮޅުވެގެންނެވެ. ޕޯޗުގަލް، ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގަަދަ 16 ގައި ސްލޮވީނިއާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.

މިރޭގެ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޑެޝޯމްޕްސް ބުނީ ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް އެ ޓީމުގެ ފޯމޭޝަނަށް ބަދަލުތައް ގެންނާތީ އެއީ "ގޮތް ނޭނގޭ" ޓީމެއް ކަމަށެވެ.

"ބައެއް މެޗުތަކުގައި ޕޯޗުގަލް ކުޅޭ ތިން ޑިފެންޑަރުން ލައިގެން. އަދި ބައެއް މެޗުތައް ކުޅޭ ޑިފެންޑަރުން ގިނަކޮށްގެން. އެހެންވީމަ އެ ޓީމު ނުކުންނާނެ ގޮތެއް ބުނާކަށް ނޭނގޭ،" ޑެޝޯމްޕްސް ބުންޏެވެ.

ޕޯޗުގަލް އާއި ފްރާންސް އެންމެ ފަހުން ބައްދަލުކުރި 14 މެޗުގެ ތެރެއިން، ޕޯޗުގަލް މޮޅުވީ އެންމެ މެޗަކުންނެެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލެވެ.

ޑެޝޯމްޕްސް ބުނީ މިރޭގެ މެޗަކީ ވާދަވެރި މެޗަކަށްވާނެ ކަމަށާއި ފަސޭހަ މެޗަކަށް ނުވަނެ ކަމަށެވެ.

"އަހަރަމެންނާ ދެކޮޅަށް ނެދަލޭންޑްސްވެސް ކުޅުނީ ވަރަށް ޑިފެންސަށް ވިސްނައިގެން. ބެލްޖިއަމްވެސް ކުޅުނީ އެހެން. ޕޯޗުގަލްވެސް އެހެން ކުޅެފާނެ،" ޑެޝޯމްޕްސް ބުންޏެވެ.

"ޕޯޗުގަލް އަކީ ވެސް ބޯޅަ ހިފަހައްޓައިގެން ކުޅޭ ޓީމެއް. އަދި ޑިފެންސަށްވުރެ މޮޅު އެޓޭކެއް އިސްކަންދޭ ޓީމެއް،" ޑެޝޯމްޕްސް ބުންޏެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކުޅެގެން ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ޕޯޗުގަލް އާއި ފްރާންސް އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން ފްރާންސް ބަލިވީ އެންމެ މެޗަކުންނެވެ. ޕޯޗުގަލް އާއި ފްރާންސް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.