Advertisement

ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ކާޓްރިޖުތަކެއް އެތެރެކުރި މީހަކު ހައްޔަރު ކޮށްފި

4 ޖުލައި 2024 - 11:40 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ފުލުހުން މީގެ ކުރިން އަތުލައިގަނެފައިވާ މަސްތުވާތެތި ނޫސްވެރިންނަށް ދައްކައިލަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ކާޓްރިޖުތަކެއް އެތެރެކުރި މީހަކު ހައްޔަރު ކޮށްފި

4 ޖުލައި 2024 - 11:40 0

ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކާޓްރިޖުތަކެއް ރާއްޖެއަށް އެތެރެ ކުރި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން ޑުރަގު އެންފޯސްމެންޓުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

އެ މީހާ ހައްޔަރު ކުރުމަށްފަހު އޭނާ އަތުގައި އޮތް ޕާރުސަލް ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި 20 ކާޓުރިޖު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ފަސް ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.