Advertisement

އެންޑީއޭގެ އާ ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބޯޑުގެ ގަވާއިދު އިސްލާހުކުރަން ނިންމައިފި

4 ޖުލައި 2024 - 08:36 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެންޑީއޭގެ އާ ބޯޑުން ބޭއްވި ފުރަތަމަ ބައްދަލުވުމުގެ ތެރެއިން: ބޯޑުގެ ގަވައިދު އިސްލާހު ކުރުމަށް ވަނީ ނިންމާފައި -- ފޮޓޯ: އެންޑީއޭ


އެންޑީއޭގެ އާ ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބޯޑުގެ ގަވާއިދު އިސްލާހުކުރަން ނިންމައިފި

4 ޖުލައި 2024 - 08:36 0

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ އާ ބޯޑުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އެ ބޯޑުގެ ގަވާއިދު އިސްލާހުކުރަން އިއްޔެ ފާސްކޮށްފި އެވެ.

އެންޑީއޭގެ ބޯޑު ޖޫން 24، ގައި ޗެއާމަނަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ވަނީ އައްޔަންކޮށްފަ އެވެ. އޭނާއާއެކު ބޯޑުގައި ޖުމްލަ ހިމެނެނީ 10 މެންބަރުންނެވެ.

އެ 10 މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި އާ ބޯޑުން ވަނީ ހަފުތާއަކު އެއް ދުވަހު ބޯޑުގެ ބައްދަލުވުން ބާއްވަން ނިންމައި، މަސްތުވާތަކެތީގެ ފަރުވާ ދިނުމުގަ ލާޒިމްކޮށްފައި ހުންނަ ކަންކަމާއި އަދި ފަރުވާއިން ރަނގަޅު ކުރަން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ.

އެ ބައްދަލުވުމުގައި އެންޑީއޭ ވައިސް ޗެއާއެއްގެ ގޮތުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު ވަނީ އައްޔަނުކުރައްވާފަ އެވެ.

"ޕޮލިހުން މަސްތުވާތަކެތީގެ ގާނޫނު ތަންފީޒު ކުރުމުގައި އަދި ފަރުވާ ދިނުމުގައި އެންޑީއޭއާއެކު މަސައްކަތް ކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު. އަދި ހަމަ ހެލްތު މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީންވެސް ވާހަކަ ދެކެވުނު. ކަސްޓަމްސްގެ ފަރާތުން ޑްރަގް ސަޕްލައިއާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަރުދަނާ ކަންތައްތަކެއް ކުރިއަށް އޮތްތަނުގައި ކުރުމަށް ބޯޑުގައި ވަނީ ނިންމަވާފައި،" ލުބްނާ ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތްކޮށްފައި ނުވުމުގެ ސަބަބުން އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ބޯޑުގެ ހުރިހާ މެންމްބަރުން އިއްތިފާގުވާތީ ކޮންމެ މެމްބަރަކަށް ވެސް ވަކި ހާއްސަ ޓާސްކްތަކެއް ނަގާފަ އެވެ.

މީގެ އިތުރުން ޑްރަގު ސަޕްލައި މަދު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކޮށް، މަސްތުވާތަކެތީގެ އިތުރު ފަސް ފަރުވާއެއް އިތުރު ކުރުމަށް ބޯޑުން ނިންމާފަ އެވެ.